ފުލުހުން ރައްޔިތުންތަކަކާ އެކީ؛ ފޮޓޯ / ފުލުހުން
ފުލުހުން ރައްޔިތުންތަކަކާ އެކީ؛ ފޮޓޯ / ފުލުހުން
ހަބަރު 20 Oct 2026 | 09:41

ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ މަކަރާއި ހީލަތްތަކާ މެދު ސަމާލުވުމަށް ފުލުހުން އެދިއްޖެ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާ ނަކަލީ އަޑާއި ވީޑިއޯ މެދުވެރިކޮށް ކުރާ މަކަރާއި ހީލަތްތަކުން ރައްކާތެރިވުމަށް ދިވެހި ފުލުހުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވަނީ، އިތުބާރުކުރާ މީހެއްގެ މޫނު ފެނި، އަޑު އިވުނަސް، އެއީ ކޮންމެހެން އެ މީހާކަމަށް ނުވެދާނެ ކަމަށެވެ.

ފުލުހުންގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ކުށްވެރިން މިހާރު ބޭނުންކުރަނީ އޭއައިގެ އެހީގައި ތައްޔާރުކުރާ ޑީޕްފޭކް ޓެކްނޮލޮޖީއެވެ. އެ ޓެކްނޮލޮޖީ މެދުވެރިކޮށް ހަދާ ފޭކު އަޑާއި ވީޑިއޯ ބޭނުންކޮށްގެން، މީހުން ދަންނަ ފަރާތްތަކުގެ ސިފައިގައި ހުރެ ކުށްވެރިން އެކި މީހުންނާ ވާހަކަ ދައްކާ ކަމަށް ފުލުހުން ބުނެއެވެ.

ޑީޕްފޭކް ޓެކްނޮލޮޖީގެ ސަބަބުން، މަކަރާއި ހީލަތްތައް ދެނެގަތުން އިތުރަށް އުނދަގޫވަމުންދާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އަބަދުވެސް ސަމާލުވެ ތިބުމަށާއި، އަވަސް އަރުވާލައިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ފުލުހުން އެދިފައިވެއެވެ. ޝައްކު އުފެދޭ ފަދަ އެދުމެއް ލިބިއްޖެނަމަ، މައުލޫމާތު ހިއްސާކުރުމުގެ ނުވަތަ ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން، އިތުބާރުކުރެވޭ ގޮތްގޮތުން އެ އެދުމުގެ ހަގީގަތް ކަށަވަރުކުރުމަށް ވެސް ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ.

މިކަމާއި މެދު ސަމާލުވުމުން މަކަރާއި ހީލަތަކުން ސަލާމަތްވެވިދާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، މައުލޫމާތު ކަށަވަރުކުރުމަށް އާންމުންނަށް ފުލުހުން ގޮވާލާފައިވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ ކޮމްޕިއުޓަރު ސައިންސުގެ ގޮތްޕެއްގެ ގޮތުގައި ބެލެވޭ، އާންމުގޮތެއްގައި އިންސާނީ ބުއްދި ބޭނުންކޮށްގެން ކުރަންޖެހޭ ކަންކަން އަމިއްލައަށް ކުރުމުގެ ގާބިލުކަން ލިބިފައިވާ މެޝިން ނުވަތަ ސޮފްޓްވެއަރ އެކެވެ.

މީގެ ތެރޭގައި ލިބޭ މައުލޫމާތުން ކަންކަން ދަސްކުރުމާއި، ބުއްދީގެ ބޭނުންކޮށްގެން މައްސަލަތައް ހައްލުކުރުމާއި، ބަހާއި މުއާމަލާތްތައް ދެނެގަތުމާއި، ތަފާތު ނަމޫނާތައް ވަކިކުރުމުގެ އިތުރުން މުހިންމު ނިންމުންތައް ނިންމުން ހިމެނެއެވެ.

އެގޮތުން، އޭއައިގެ ބޭނުން އިތުރުވަމުންދާއިރު ގިނަ ބަޔަކު ދަނީ މި ޓެކްނޮލޮޖީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ
20 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ

"އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަރުކަޒެއް،" ރައީސް ވިދާޅުވި އެވެ.

ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
20 Oct 2026 ހަބަރު

ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ޕީސީބީން މިއަދު ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓާއި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓަކުން އެއްވެސް ތަނެއް ގަނެ، ވިއްކައި، ކުއްޔަކަށް ނުހޯދޭނެ: ރައީސް މުޢިއްޒު
20 Oct 2026 ހަބަރު

އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓަކުން އެއްވެސް ތަނެއް ގަނެ، ވިއްކައި، ކުއްޔަކަށް ނުހޯދޭނެ: ރައީސް މުޢިއްޒު

އެމަނިކުފާނު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ރިއަލް އެސްޓޭޓް" ގާނޫނެއް ސަރުކާރުން އެކުލަވައިލާނެ ކަމަށާއި ވަކި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން ވަކި އިންސައްތައަކަށް ލިމިޓް ކުރައްވާނެ ކަމަށެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި؛ ހުކުމް އިއްވުން ވަނީ ފަސްކޮށްފައި
20 Oct 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި؛ ހުކުމް އިއްވުން ވަނީ ފަސްކޮށްފައި

ޝަރީއަތުގެ ކުރިމައްޗަށް ދައުވާ ސާބިތުވެފައިވަނީ، ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް މަރިޔަމް ދީނާ ސޯލިހުގެ މައްޗަށެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް، އޭނާއަށް ދޭނެ އަދަބެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި

ކ. އޮޅަހަލި ކައިރިން ޑިންގީއެއްގައި 226 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނި، ނައިފަރުގެ 36 އަހަރުގެ މީހަކު ހައްޔަރުކޮށް، 13 ދުވަހަށް ބަންދުކޮށްފިއެވެ.

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
20 Oct 2026 ހަބަރު

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް މަޝްރޫޢުގެ ދަށުން 880 ސޯލާ މަގުބައްތި ރާއްޖެއާ ހަވާލުކޮށްފި އެވެ. މިނިސްޓަރު މުއްޠަލިބާއި ސަފީރު ކޮންގް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.

މެންބަރުންނަށް ބޮޑެތި އިނާޔަތްދޭތީ ކަންބޮޑުވުންފާޅުކުރުން ނާޒިމް ސިފަކުރީ ނަފްރަތުއުފެއްދުމަށް
20 Oct 2026 ހަބަރު

މެންބަރުންނަށް ބޮޑެތި އިނާޔަތްދޭތީ ކަންބޮޑުވުންފާޅުކުރުން ނާޒިމް ސިފަކުރީ ނަފްރަތުއުފެއްދުމަށް

މެމްބަރުންގެ ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަންގެ ބަހުސްގައި، މެމްބަރުންނާ މެދު ނަފުރަތު އުފެއްދުމަކީ އެމީހުންގެ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި
20 Oct 2026 ހަބަރު

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އިތުރުން، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ފަހުން ވެސް ފުލުހުންގެ ހާޒިރުގައި ބޭބެއާ ދިމާއަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެއިތުރުން، ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކު އެތަނުގައި ތިއްބައި، އެ މީހުންނާ ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށް ވެސް ދަޢުވާގައިވެއެވެ.