މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު 20 Oct 2026 | 07:48

މެންބަރުންނަށް ބޮޑެތި އިނާޔަތްދޭތީ ކަންބޮޑުވުންފާޅުކުރުން ނާޒިމް ސިފަކުރީ ނަފްރަތުއުފެއްދުމަށް

އާއްމުންނަށް ނުލިބޭ ބޮޑެތި އިނާޔަތްތައް މެންބަރުންނަށް ލިބޭތީ ކަންބޮޑުވުންފާޅުކޮށް ޕެޓިޝަން ހުށަހެޅުމުން އެއީ ނަފްރަތުއުފެއްދުން ކަމުގަައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާންމު ރައްޔިތުންނަށް ނުލިބޭ ނަމަވެސް މަޖިލީހުގެ މެމްބަރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ލިބޭ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް އެދި، އާންމުންގެ ފަރާތުން ހުށަހެޅި އީ ޕެޓިޝަނަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން، ނާޒިމް ވިދާޅުވީ ހަމައެކަނި މަޖިލިސް މެމްބަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށް ދައްކައިގެން އުފައްދަނީ ފިތުނަ ކަމަށެވެ.

"އެކަމުގެ ސަބަބުން މި މަޖިލީހުގެ މެންބަރުން ނުރައްކަލަކަށް ހުށަހެޅި، އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރަކު އަވަހާކޮށްލެވިގެންވެސް ހިނގައްޖެ ހަމަ މިގޮތަށް ނަފުރަތު އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން،" ނާޒިމް ވިދާޅުވިއެވެ.

މިއާއެކު ނާޒިމް ވިދާޅުވީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން އެ އިނާޔަތްތައް ލިބެނީ ހަމައެކަނި މެންބަރުންނަށް ނޫންކަމަށް ވިދާޅުވެ،ރައީސުލްޖުމްހޫރިއްޔާ، ނައިބު ރައީސް، މިނިސްޓަރުން، މަޖިލިސް މެމްބަރުން، ފަނޑިޔާރުން އަދި މުސްތަގިއްލު މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުން ކަމަށާ، އެ އިނާޔަތްތަކަކީ ހަމައެކަނި މެމްބަރުންނަށް ލިބޭ އެއްޗެއް ނޫން ކަމަށެވެ.

އަދި އާންމުންނަށް ލިބޭ ސިއްހީ ހިދުމަތާއި މެމްބަރުންގެ ހެލްތް އިންޝުއަރެންސް އަކީ އަޅާކިޔަންޖެހޭ ދެކަމެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިއާއެކު އޭނާ ވަނީ މުސްތަގިއްލު މަގާމުތަކާއި ބާރުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިނާޔަތްތައް ދޭ ދިނުން ދިފާއުކޮށް އެ އިނާޔަތް ދެނީ ވެރިކަން ހިންގާ ފަރާތުގެ "ވަކިތަކުން" މިނިވަން ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި

ކ. އޮޅަހަލި ކައިރިން ޑިންގީއެއްގައި 226 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނި، ނައިފަރުގެ 36 އަހަރުގެ މީހަކު ހައްޔަރުކޮށް، 13 ދުވަހަށް ބަންދުކޮށްފިއެވެ.

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
20 Oct 2026 ހަބަރު

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް މަޝްރޫޢުގެ ދަށުން 880 ސޯލާ މަގުބައްތި ރާއްޖެއާ ހަވާލުކޮށްފި އެވެ. މިނިސްޓަރު މުއްޠަލިބާއި ސަފީރު ކޮންގް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި
20 Oct 2026 ހަބަރު

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އިތުރުން، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ފަހުން ވެސް ފުލުހުންގެ ހާޒިރުގައި ބޭބެއާ ދިމާއަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެއިތުރުން، ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކު އެތަނުގައި ތިއްބައި، އެ މީހުންނާ ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށް ވެސް ދަޢުވާގައިވެއެވެ.

އިނގިރޭސި ލިސަނިންގ އިމްތިޙާނު އޮންނާތީ، މާލޭ ސްކޫލްތައް ކައިރީގެ މަގުތައް މާދަމާ ބަންދުކުރަނީ
20 Oct 2026 ހަބަރު

އިނގިރޭސި ލިސަނިންގ އިމްތިޙާނު އޮންނާތީ، މާލޭ ސްކޫލްތައް ކައިރީގެ މަގުތައް މާދަމާ ބަންދުކުރަނީ

21 އޮކްޓޫބަރު ހެނދުނު 09:15 އިން 10:30 އަށް މާލޭގެ ސެކަންޑަރީ ސްކޫލްތަކާ ކައިރީގެ މަގުތައް ބަންދުކޮށް، އަޑުގަދަ މަސައްކަތްތަކުން ދުރުހެލިވުމަށް ފުލުހުން އެދިއްޖެއެވެ.

ގދ. ތިނަދޫގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓުވޯކެއްގައި އިސްކޮށް އުޅޭކަމަށް ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ގދ. ތިނަދޫގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓުވޯކެއްގައި އިސްކޮށް އުޅޭކަމަށް ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށްފި

ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، އޭނާއާ ގުޅުންހުރިކަމަށް ބެެލެވޭ، ތިނަދޫ ފުލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި؛ މިއީ ދިހަ އަހަރަށްފަހު ދިވެހި ރައީސަކު ކުރާ ފުރަތަމަ ދަތުރު
20 Oct 2026 ހަބަރު

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި؛ މިއީ ދިހަ އަހަރަށްފަހު ދިވެހި ރައީސަކު ކުރާ ފުރަތަމަ ދަތުރު

ރައީސް މުޢިއްޒަށް ދަޢުވަތު ދީފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މި މަހުގެ 22 އަށް ދެމިގެންދާ މި ދަތުރުފުޅުގައި ރައީސް، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ، ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި އެ ޤައުމުގެ އެހެން އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިސް އިމާރާތްތަކުގައި ހުޅުޖަހަން، ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ޒިހާން ހިތްވަރުދީފި؛ މައްސަލަ ފުލުހުން ބަލަނީ
20 Oct 2026 ހަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިސް އިމާރާތްތަކުގައި ހުޅުޖަހަން، ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ޒިހާން ހިތްވަރުދީފި؛ މައްސަލަ ފުލުހުން ބަލަނީ

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަން ފަށައިފިއެވެ.

ޣައްޒާގައި ޑަބްލިއުއެފްޕީން ދެމުންދިޔަ ކާބޯތަކެތީގެ އެހީ މަދުކޮށް، 5 ލައްކަ މީހުންނަށް އެހީތެރިކަން ދިނުން މެދުކަނޑާލައިފި
20 Oct 2026 ހަބަރު

ޣައްޒާގައި ޑަބްލިއުއެފްޕީން ދެމުންދިޔަ ކާބޯތަކެތީގެ އެހީ މަދުކޮށް، 5 ލައްކަ މީހުންނަށް އެހީތެރިކަން ދިނުން މެދުކަނޑާލައިފި

ފައިސާގެ ދަތިކަމާ ހުރެ ޑަބްލިއުއެފްޕީން ޣައްޒާގެ 500،000 މީހުންނަށް ދެމުން އައި ކާބޯތަކެތީގެ އެހީ ހުއްޓާލައި، ކުރިއަށް އޮތް ހަ މަހަށް 450 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުނެފި.