އިނގިރޭސި ލިސަނިންގ އިމްތިޙާނު އޮންނާތީ، މާލޭ ސްކޫލްތައް ކައިރީގެ މަގުތައް މާދަމާ ބަންދުކުރަނީ
އައިޖީސީއެސްއީ އިނގިރޭސި ލިސަނިންގ އިމްތިޙާނު ކުރިއަށްދާ ވަގުތު މާލޭގެ ސެކަންޑަރީ ސްކޫލްތަކާ ކައިރީގެ މަގުތައް މާދަމާ ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މަގުތައް ބަންދުކުރާނީ މާދަމާ ހެނދުނު 09:15 އިން ފެށިގެން 10:30 އާ ހަމައަށް ކަމަށެވެ. މި މުއްދަތުގައި ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަޙައްދުތަކުގައި ޢާންމު ދަތުރުފަތުރު ކުރުން މަނާވާނެއެވެ.
އިމްތިޙާނު ހިނގާ ވަގުތު، ދަރިވަރުންނަށް ހުރަސްއެޅޭނެ ކަންކަމުން ދުރުހެލިވުމަށް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނާއި، އެ ސަރަޙައްދުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް، އިމާރާތްކުރުމުގެ މަސައްކަތް ފަދަ އަޑުގަދަ ކަންކަން ކުރުމުން ދުރުހެލިވުމަށް ފުލުހުން އެދިފައިވެއެވެ.
މި ފިޔަވަޅުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދި ފުލުހުން ވަނީ، މިފަދަ ކަންކަމުގައި ޢާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް