މަރިޔަމް އިޝާ އަޝްރަފް، ހުސައިން ޝާވިން އަދި މުހައްމަދު ނާހިލް؛ ފޮޓޯ / ފުލުހުން
މަރިޔަމް އިޝާ އަޝްރަފް، ހުސައިން ޝާވިން އަދި މުހައްމަދު ނާހިލް؛ ފޮޓޯ / ފުލުހުން
ހަބަރު 19 Oct 2026 | 13:38

ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

ދެ ކިލޯއާ ގާތް އަދަދެއްގެ މަސްތުވާތަކެއްޗާއި 230 ވޭޕް ކާޓްރިޖާއެކު ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަސް އިތުރު 10 ދުވަސް ޖަހަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފިއެވެ.

ބަންދު މުއްދަތު އިތުރުކުރީ މަރިޔަމް އިޝާ އަޝްރަފް، ހުސައިން ޝާވިން އަދި މުހައްމަދު ނާހިލްގެ ބަންދަށެވެ. އެ ތިން މީހުންގެ މައްޗަށް ކުރެވިފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ.

މި ތިން މީހުން ހައްޔަރުކުރެވުނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު އިޝާއާއި ޝާވިން 15 ދުވަހަށް ބަންދުކުރި އިރު، ނާހިލް ބަންދުކުރީ ފަސް ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން، މިދިޔަ މަހުގެ އަށް ވަނަ ދުވަހު ނާހިލްގެ ބަންދަށް 10 ދުވަސް އިތުރުކުރިއެވެ. ދެން، މިދިޔަ މަހުގެ 19 ވަނަ ދުވަހު ތިން މީހުންގެ ބަންދަށް 30 ދުވަސް ޖެހިއެވެ.

ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، ތުހުމަތުކުރެވޭ ކުށް އެ ތިން މީހުން ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުށަހަޅާފައިވާތީ، އެ ތިން މީހުން ބަންދުގައި ބަހައްޓަން ނިންމާފައިވެއެވެ. އެ ހެކިތަކުގެ ތެރޭގައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާން، މަސްތުވާތަކެތީގެ ތަހުލީލު ނަތީޖާ، ސޯކޯ ރިޕޯޓު، ތަހުގީގަށް ދީފައިވާ ބަޔާން އަދި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓު ހިމެނެއެވެ.

މި ތިން މީހުން ތިބި އެޕާޓްމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، ތިން މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބަންދު އަމުރުތަކުގައި ބުނެފައިވެއެވެ.

ނާހިލްއާއި އިޝާގެ ބަންދު އަމުރުތަކުގައިވާ ގޮތުން، މަސްތުވާތަކެތި ފެނުނީ އެ ދެ މީހުން ދިރިއުޅޭ ތަނުން ނޫނެވެ. އިޝާއާއި ޝާވިންނަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް ދެ މީހުން ކަމަށް ވެސް ބަންދު އަމުރުތަކުގައި ފާހަގަކޮށްފައިވެއެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޝާވިން އިންކާރުކުރާ އިރު، ތިން މީހުން ވެސް ޝަރުތުތަކާއެކު ބަންދަށް ލުއިދިނުމަށް އެދިފައިވެއެވެ.

އެ އޮޕަރޭޝަނުގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. އޭގެ އިތުރުން، މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖް، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ
19 Oct 2026 ހަބަރު

އިލްމުވެރީންގެ ގުޅުމުގެ ރައީސް އިސްތިއުފާ ދީފި، ސަލަފުގެ ވެރީން އެ ހަރަކާތުން ވަކިވެއްޖެ

އޭނާ އިސްތިއުފާ ދީފައިމިވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އެ ހަރަކާތަށް ނިސްބަތްވާ ބައެއް އިލްމުވެރީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި
19 Oct 2026 ހަބަރު

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި

މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގެ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީ އެވެ.

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި
19 Oct 2026 ހަބަރު

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ޕްލާންޓްތަކެކެވެ.

ސުނާމީ ބިނާއިން ފެށިގެން ޒުވާނުންގެ މަރުކަޒާ ދިމާލު ބޭރުމަގު މިރޭ ބަންދުކުރަނީ
19 Oct 2026 ހަބަރު

ސުނާމީ ބިނާއިން ފެށިގެން ޒުވާނުންގެ މަރުކަޒާ ދިމާލު ބޭރުމަގު މިރޭ ބަންދުކުރަނީ

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު ބާރަ އިން ފެށިގެން ކަމަށެވެ. މިކަމާ ގުޅޭގޮތުން ނެރުނު އިއުލާނުގައި ފުލުހުން ވަނީ މަގު ބަންދުކުރުމުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް ނެގުމަށްވެސް އަންގާފައެވެ.

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި
19 Oct 2026 ހަބަރު

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި

މި ބައްދަލުވުމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު އެކްސްގައި ވިދާޅުވީ، ބައްދަލުވުން ބޭއްވުނީ ޑްރައިވަރުންގެ އެދުމުގެ މަތިންނެވެ.

އިސްދޫ-ކަލައިދޫ އެއާޕޯޓްގެ މަސައްކަތަށް ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނައިފި
19 Oct 2026 ހަބަރު

އިސްދޫ-ކަލައިދޫ އެއާޕޯޓްގެ މަސައްކަތަށް ބަޖެޓުގައި 600 މިލިއަން ރުފިޔާ ހިމަނައިފި

ލ. އިސްދޫކަލައިދޫ އެއާޕޯޓަށް ބަޖެޓުން 600 މިލިއަން ރުފިޔާ ވަކިކޮށްފައިވީ ނަމަވެސް، މަޝްރޫޢުގެ މަސައްކަތް އަދި ނުފަށާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ވިދާޅުވެއްޖެއެވެ.