-
-
ވިޔަފާރި 20 Oct 2026 | 08:24

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަނެއްގެ ގޮތުގައި ކަނޑައަޅައިފި

ރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)، ވޯލްޑް އެތުލެޓިކްސް ރޭންކިންގ ކޮމްޕެޓިޝަނެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފި ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، މި ފިޔަވަޅާއެކު ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހާސިލުކުރާ ނަތީޖާތައް ބައިނަލްއަޤުވާމީ ރޭންކިންގގައި ހިމެނޭނެ ކަމަށެވެ. އެގޮތުން އެ ނަތީޖާތައް ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި އަހަރުގެ ދުވުން ބާއްވާނީ 2026 ނޮވެމްބަރު 20 ވަނަ ދުވަހު، ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ދިރާގުން ބުނެފައިވާ ގޮތުގައި ދުވުމުގައި ބައިވެރިވުމަށް 5,500 އަށްވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ޑީއެމްއާރްއާރްގެ ތާރީޚުގައި އެންމެ ގިނަ ބައިވެރިން ހިމެނޭ އަހަރެވެ. ފުރަތަމަ ހުޅުވާލީ 4,000 ޖާގައެއް ކަމަށާއި، ޢާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބާ ގުޅިގެން ޖާގަ އިތުރުކުރީ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދުވުމުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ކެޓަގަރީތައް ހިމެނޭއިރު، މި ފަހަރު އަލަށް ޓީމް ކެޓަގަރީތައް ވެސް ތަޢާރަފުކޮށްފައިވެއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި އަލަށް ދުވުމަށް ނުކުންނަ ފަރާތްތައް އެއްތަނަކަށް ގެނެސް، ދުޅަހެޔޮ ދިރިއުޅުމަށް ހިތްވަރުދީ، ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ބައިވެރިވެވޭނެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ ދުވުމުގެ މައިގަނޑު މަޤްޞަދު ކަމަށް ދިރާގުން ބުނެފައިވެއެވެ.

ކުރީގެ އަހަރުތަކާ އެއްގޮތަށް، މި އަހަރުގެ ދުވުން ވެސް ޚާއްޞަކޮށްފައިވަނީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމުގެ މައިގަނޑު ދާއިރާއެއް ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. އެ ދާއިރާގައި މަސައްކަތްކުރާ އެންޖީއޯތަކަށް ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި ފައިސާ ހޯދުމުގެ ފުރުސަތު މި އިވެންޓުން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސްގެ ސަޓިފައިޑް ރޭސް ރޫޓަކާއެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކުރެވިފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤުވާމީ ދުވުމެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ޢުމުރުގެ ދުވުންތެރިންނާއެކު، ބޭރުގެ ގިނަ ޤައުމުތަކުގެ ދުވުންތެރިން ވެސް އެ ދުވުމުގައި ބައިވެރިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
20 Oct 2026 ވިޔަފާރި

މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ހުޅުމާލޭގައި ބާއްވާ މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ސޮއިކޮށް، ހިލޭ ގޭމިންގ ހަރަކާތްތަކާއި ޚާއްޞަ އޮފަރުތައް ހުށަހަޅާނެ ކަމަށް ބުނެފި.

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 – ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް ބާއްވާ ތާރީހު އިއުލާނުކޮށްފި!
19 Oct 2026 ވިޔަފާރި

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 – ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް ބާއްވާ ތާރީހު އިއުލާނުކޮށްފި!

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ހިލޭ ހުޅުވައިލައިގެން ބާއްވާނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ދެވޭނެއެވެ.

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ
07 Oct 2026 ހަބަރު

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގައި "ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ކުރިއަށްގެންދަނީ

ބ. ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމަށް އަމާޒުކޮށްގެން ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ...

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި
16 Sep 2026 ވިޔަފާރި

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް ދިރާގުން އިލްތިމާސްކޮށްފި

ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތ...

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
07 Sep 2026 ހަބަރު

އެމްޑީޕީ ސަރުކާރުން ވިއްކާލި ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި

އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ. ވަޒީރުންގެ މަޖިލީހުން މި ނިންމ...

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ
06 Sep 2026 ވިޔަފާރި

ކަނޑުފަޅުގެ މާހައުލަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވަން ދިރާގާއި ސީޑް ގުޅިއްޖެ

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ކަނޑުފަޅުގެ ދިރުންތަކަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، "އޯޝަން ލިޓްރެސީ" އަށް ބާރުއެޅުމުގެ މަޤްޞަދުގައި ސީޑް އިނީޝިއޭޓިވްއާ ގުޅިގެން މަސައްކަތްކުރަން ފަށައިފި ކަ...