ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި
ޅ. ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ މީހަކު ކ. އޮޅަހަލި ކައިރި ކަނޑުމަތިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ތަރިކަ، 36 އަހަރުގެ މުޙައްމަދު ޘާޤިބް ކަމަށެވެ. އޭނާ ހައްޔަރުކުރީ ކާށިދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ލިބުނު މަޢުލޫމާތަކަށް ބިނާކޮށް ހިންގި އެ އޮޕަރޭޝަނުގައި ކަނޑުމަތީގައި ޑިންގީ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 226 ގުރާމުގެ ތަކެތި ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
ޘާޤިބްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 13 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް