ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު 20 Oct 2026 | 10:25

އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓަކުން އެއްވެސް ތަނެއް ގަނެ، ވިއްކައި، ކުއްޔަކަށް ނުހޯދޭނެ: ރައީސް މުޢިއްޒު

އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓަކުން އެއްވެސް ތަނެއް ގަނެ، ވިއްކާ، ކުއްޔަކަށް ނުހޯދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ، ރައީސް އޮފީހުން ބާއްވާ "ދަ ޕްލަސް" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ރިއަލް އެސްޓޭޓް" ގާނޫނެއް ސަރުކާރުން އެކުލަވައިލާނެ ކަމަށާއި ވަކި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން ވަކި އިންސައްތައަކަށް ލިމިޓް ކުރައްވާނެ ކަމަށެވެ.

އަޅުގަނޑުމެން ރިއަލް އެސްޓޭޓްއާ ބެހޭ ގާނުނެއް ތައާރަފްކުރުން އޮތީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ. ވަކި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން އިނގޭތޯ، އެ ވަކި އިންސައްތައަކަށް ލިމިޓްކުރާނަން. އަޅުގަނޑުމެން ކަނޑައަޅާފައިވަނީ، އެއްވެސް ގައުމެއްގެ ރައްޔިތުން އެންމެ ގިނަ ވެގެން 25 އިންސައްތައަށޭ ތިބެވޭނީ، އިނގޭތޯ. އެއަށްވުރެ ގިނައިން ވަކި ގައުމެއްގެ ރައްޔިތުންނަކަށް ނުތިބެވޭނެ. ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު މީގެ އިތުރުން ވިދާޅުވީ، އަމުދުން އިސްރާއީލުގެ ރައްޔިތުންނަކަށް ރަސްމާލޭގައި ނުތިބެވޭނެ ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓަކުން އެއްވެސް ތަނެއް ގަނެ، ވިއްކާ، ކުއްޔަކަށް ނުހޯދޭނެ ކަމަށެވެ.

އިސްރާއީލުގެ ރައްޔިތުންނަކަށެއް މި ޕްރޮޖެކްޓްގެ ތެރެއިން އަދި ކުރިއަށް އޮތްތާ އެހެން އެއްވެސް ޕްރޮޖެކްޓަކުން ވެސް މިތަނުން އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކާ، ކުއްޔަށް ހޯދައި، މިކަހަލަ އެއްވެސް ކަމެއް ނުކުރެވޭނެ. ގާނޫނުގެ ތެރެއިން އަޅުގަނޑުމެން އެކަން ބަންދުކުރާނަން.

ރައީސް މުޢިއްޒު ހަމައެއާކު، ދިވެހީންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށާއި ރަސްމާލޭގެ ހުރިހާ ޕްރޮޕަޓީއެއް ވެސް ދިވެހީން ބޭނުންވާނަމަ ގަންނަން ފުރުސަތު އޮންނާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެމަނިކުފާނު ވަނީ، ދިވެހީންގެ ތެރެއިން މެދުފަންތި އަދި އެޔަށްވުރެ މަތިން ވެސް އާމްދަނީ ލިބޭ ފަރާތްތަކަށް ރަސްމާލެއިން ޕްރޮޕަޓީތައް ގަނެވޭނެ ވަރަށް އެމީހުންނަށް އާމްދަނީ ލިބޭކަން ފާހަގަކޮށްފައެވެ. އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕަޓީތަކުގެ ތެރެއިން، 1000 އަކަފޫޓުގެ ޕްރޮޕަޓީއެއް ލިބެނީ 600،000 ޑޮލަރަށެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބު އަދި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢުގެ އެކި ފިޔަވަހިތަކުގެ އަންދާޒާ އަގު 20 ބިލިއަން ޑޮލަރުގެ އަދަދަކަށް އަރައެވެ.

މި މަޝްރޫޢުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ
20 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ

"އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަރުކަޒެއް،" ރައީސް ވިދާޅުވި އެވެ.

ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
20 Oct 2026 ހަބަރު

ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ޕީސީބީން މިއަދު ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓާއި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ.

ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ މަކަރާއި ހީލަތްތަކާ މެދު ސަމާލުވުމަށް ފުލުހުން އެދިއްޖެ
20 Oct 2026 ހަބަރު

ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ މަކަރާއި ހީލަތްތަކާ މެދު ސަމާލުވުމަށް ފުލުހުން އެދިއްޖެ

އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވަނީ، އިތުބާރުކުރާ މީހެއްގެ މޫނު ފެނި، އަޑު އިވުނަސް، އެއީ ކޮންމެހެން އެ މީހާކަމަށް ނުވާނެ ކަމަށެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި؛ ހުކުމް އިއްވުން ވަނީ ފަސްކޮށްފައި
20 Oct 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި؛ ހުކުމް އިއްވުން ވަނީ ފަސްކޮށްފައި

ޝަރީއަތުގެ ކުރިމައްޗަށް ދައުވާ ސާބިތުވެފައިވަނީ، ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް މަރިޔަމް ދީނާ ސޯލިހުގެ މައްޗަށެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް، އޭނާއަށް ދޭނެ އަދަބެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި

ކ. އޮޅަހަލި ކައިރިން ޑިންގީއެއްގައި 226 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނި، ނައިފަރުގެ 36 އަހަރުގެ މީހަކު ހައްޔަރުކޮށް، 13 ދުވަހަށް ބަންދުކޮށްފިއެވެ.

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
20 Oct 2026 ހަބަރު

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް މަޝްރޫޢުގެ ދަށުން 880 ސޯލާ މަގުބައްތި ރާއްޖެއާ ހަވާލުކޮށްފި އެވެ. މިނިސްޓަރު މުއްޠަލިބާއި ސަފީރު ކޮންގް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.

މެންބަރުންނަށް ބޮޑެތި އިނާޔަތްދޭތީ ކަންބޮޑުވުންފާޅުކުރުން ނާޒިމް ސިފަކުރީ ނަފްރަތުއުފެއްދުމަށް
20 Oct 2026 ހަބަރު

މެންބަރުންނަށް ބޮޑެތި އިނާޔަތްދޭތީ ކަންބޮޑުވުންފާޅުކުރުން ނާޒިމް ސިފަކުރީ ނަފްރަތުއުފެއްދުމަށް

މެމްބަރުންގެ ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަންގެ ބަހުސްގައި، މެމްބަރުންނާ މެދު ނަފުރަތު އުފެއްދުމަކީ އެމީހުންގެ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި
20 Oct 2026 ހަބަރު

ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އިތުރުން، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ފަހުން ވެސް ފުލުހުންގެ ހާޒިރުގައި ބޭބެއާ ދިމާއަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެއިތުރުން، ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކު އެތަނުގައި ތިއްބައި، އެ މީހުންނާ ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށް ވެސް ދަޢުވާގައިވެއެވެ.