ޕާކިސްތާނުން ރައީސް ޑރ.މުއިއްޒުއަށް މަރުހަބާ ދެންނެވުން..
ޕާކިސްތާނުން ރައީސް ޑރ.މުއިއްޒުއަށް މަރުހަބާ ދެންނެވުން..
ހަބަރު 21 Oct 2026 | 05:58

ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ ޤައުމުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮތީ މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

Uploaded image

މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމަށްފަހު، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ ރަމްޒެއްގެ ގޮތުން، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގެ ގޯތިތެރޭގައި ދެ ލީޑަރުން ވަނީ ގަހެއް އިންދަވައިދެއްވާފައެވެ.

ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް މިއަދު ފެށިގެން ކުރިއަށްދާއިރު، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، އިޤްތިޞާދީ ދާއިރާގެ އިތުރުން ބޭސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު ފަހުމުނާމާތަކެއް ހިމެނެއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ "އިންވެސްޓްމަންޓް ފޯރަމް" މާދަމާ ކުރިއަށްގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވައިގަދަވެ ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި
21 Oct 2026 ހަބަރު

ވައިގަދަވެ ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި

މެޓު އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައުގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ދެ ޤައުމުގެ ވިޔަފާރިވެރިންގެ ބައްދަލުވުމުގެ ސަބަބުން އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވިގެންދާނެ: ޕާކިސްތާނު ބޮޑުވަޒީރުގެ ނައިބު
21 Oct 2026 ހަބަރު

ދެ ޤައުމުގެ ވިޔަފާރިވެރިންގެ ބައްދަލުވުމުގެ ސަބަބުން އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވިގެންދާނެ: ޕާކިސްތާނު ބޮޑުވަޒީރުގެ ނައިބު

ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިން ސީދާ ބައްދަލުކޮށް ކުރާ މަޝްވަރާތަކުގެ ސަބަބުން، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤު ދާރު ވިދާޅުވެއްޖެއެވެ.

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ
21 Oct 2026 ހަބަރު

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ހަވާލުވި އެމްޑަބްލިއުއެސްސީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފަށާނެއެވެ. ޚިދުމަތް މެދުނުކެނޑި ދޭނެކަމުގެ ޔަޤީންކަން ކުންފުނިން ދީފިއެވެ.

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ
20 Oct 2026 ހަބަރު

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ

ސޯޝަލް މީޑިއާގައި އެކަމަށް ގޮވާލާ ޕޯސްޓެއް ކުރީ މީގެ ކުރީން އެމްޑީޕީގެ ހަރަކާތަކުން ފާހަގަވި މީހެކެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް
20 Oct 2026 ހަބަރު

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް

އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޯލިކް އެސިޑް ހުހެއް ނުވޭ، ސްޓޭޓްފާމާއިން ލިބޭނެ
20 Oct 2026 ހަބަރު

ފޯލިކް އެސިޑް ހުހެއް ނުވޭ، ސްޓޭޓްފާމާއިން ލިބޭނެ

ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވެ އެވެ.

އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓަކުން އެއްވެސް ތަނެއް ގަނެ، ވިއްކައި، ކުއްޔަކަށް ނުހޯދޭނެ: ރައީސް މުޢިއްޒު
20 Oct 2026 ހަބަރު

އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޖެކްޓަކުން އެއްވެސް ތަނެއް ގަނެ، ވިއްކައި، ކުއްޔަކަށް ނުހޯދޭނެ: ރައީސް މުޢިއްޒު

އެމަނިކުފާނު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ރިއަލް އެސްޓޭޓް" ގާނޫނެއް ސަރުކާރުން އެކުލަވައިލާނެ ކަމަށާއި ވަކި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން ވަކި އިންސައްތައަކަށް ލިމިޓް ކުރައްވާނެ ކަމަށެވެ.