ޗެމްޕިއަންސް ލީގްގައި މެންޗެސްޓަރ ސިޓީ ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: މެންޗެސްރތަރ ސިޓީ
ޗެމްޕިއަންސް ލީގްގައި މެންޗެސްޓަރ ސިޓީ ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: މެންޗެސްރތަރ ސިޓީ
ކުޅިވަރު 21 Oct 2026 | 07:04

ފޯޑަންގެ ހެޓްރިކާއެކު ސިޓީން އޭއީކޭ އެތެންސް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ގްރީސްގެ އޭއީކޭ އެތެންސް އާއި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 5-1 ގެ ނަތީޖާއިންނެވެ. މިމެޗްގައި އެންމެ ފާހަގަކުރެވިގެން ދިޔައީ، ފިލް ފޯޑަން އެވެ. މި މެޗްގައި އޭނާ ވަނީ ހެޓްރިކް ހަދާފައެވެ.

މެޗްގައި މެންޗެސްޓަރ ސިޓީއަށް ގޯލް ހުޅުވާލަދިނީ، ޒުވާން ކުޅުންތެރިޔާ ރީކޯ ލުވިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި، 12 ވަނަ މިނެޓް ތެރޭގައި އެންޑަސަންއެވެ. ދެވަނަ ލަނޑު 34 ވަނަ މިނެޓް ތެރޭގައި ފޯޑެން ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއިން ސިޓީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފަށައިގެން އޭއީކޭގެ ޕިލިއޯސް ވަނީ ލަނޑެއް ޖަހއި އުއްމީދު އާކޮށްދީފައެވެ. ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ރަޔާން ޗެރްކީ ޖެހި ލަނޑާއެކު ސިޓީން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ.

މެޗްގައި ފެނިގެންދިޔަ އަނެއް ދެ ލަނޑު ފޯޑެން ކާމިޔާބުކޮށްދިން އިރު، މިއީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު އޭނާ މެޗެއްގައި ތިން ލަނޑު ހަމަކުރި ފުރަތަމަ ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު
19 Oct 2026 ކުޅިވަރު

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު

މިމެޗްގައި ތަރިއަކަށްވީ މަޑުއެކޭއެވެ. މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މަޑުއެކޭ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

އިޕްސްވިޗް އަތުން ހަނިގޮތަކަށް މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ
18 Oct 2026 ކުޅިވަރު

އިޕްސްވިޗް އަތުން ހަނިގޮތަކަށް މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ

ސިޓީން މެޗުގެ ކޮންޓްރޯލް ހޯދީ އިތުބާރު ފޯވާޑް އާލިން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކުގައެވެ. ހާލާންޑް ފުރަތަމަ ލަނޑު ޖަހާފައިވަނީ، 34 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ލަނޑު ޖެހީ 69 ވަނަ މިނެޓް ތެރޭގައެވެ.

ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ތިންމަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ
17 Oct 2026 ކުޅިވަރު

ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ތިންމަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ

ޖޭމްސްއަށް މި އަނިޔާ ކުރިމަތިވީ، މިދިޔަ ހުކުރު ދުވަހު ބޯންމައުތްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރޭގައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ޒަބީ އެލޮންސޯ ބުނެފައިވަނީ ޖޭމްސްގެ ކަކުލުގެ ސާޖަރީ ކާމިޔާބުކަމަށެވެ.

ޕީއެސްޖީއަތުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ
15 Oct 2026 ކުޅިވަރު

ޕީއެސްޖީއަތުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ

މިމެޗްގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުން ވަނީ ފުރަތަމަ ހާފްގައި ތިން ލަނޑު ޖަހާފައެވެ

ފަހުވަގުތު ޖެހި ލަނޑުތަކާއެކު، ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށްފި
15 Oct 2026 ކުޅިވަރު

ފަހުވަގުތު ޖެހި ލަނޑުތަކާއެކު، ރެއާލް މެޑްރިޑުން ރޯމާ ބަލިކޮށްފި

މެޗްގައި މޮރީނިއޯ ގެނައި ބަދަލުތަކާއެކު ދެން ފެނިގެންދިޔައީ މެޗްގެ އޮއިވަރު ބަދަލުވެގެން ދިޔަ ތަނެވެ. އެގޮތުން 83 ވަނަ މިނެޓުގައި ކާލޯސް އެސްޕީ ރެއާލްގެ ދެވަނަ ލަނޑު ޖަހައި އުއްމީދު އާކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ބަދަލު ކުޅުންތެރިޔާ އެންޑްރިކް ވަނީ ބޮލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

އާސެނަލުން ހަތް މިނެޓް ތެރޭ ލިލް ކޮޅަށް ތިން ލަނޑު ޖަހައި ފެންވަރު ދައްކާލައިފި
14 Oct 2026 ކުޅިވަރު

އާސެނަލުން ހަތް މިނެޓް ތެރޭ ލިލް ކޮޅަށް ތިން ލަނޑު ޖަހައި ފެންވަރު ދައްކާލައިފި

މެޗްގައި ލިލްއަށް މާބޮޑުކަމެއް ނުކުރެވުނެވެ. މެޗްގައި ލީލްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާސެނަލްގެ ކުރީގެ ފޯވާޑް އޮލިވިއޭ ޖިރޫއަށް އާސެނަލްގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ