ރައީސް މުޢިއްޒުއާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނާއިބުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ރައީސް މުޢިއްޒުއާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނާއިބުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު 21 Oct 2026 | 06:22

ދެ ޤައުމުގެ ވިޔަފާރިވެރިންގެ ބައްދަލުވުމުގެ ސަބަބުން އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވިގެންދާނެ: ޕާކިސްތާނު ބޮޑުވަޒީރުގެ ނައިބު

ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިން ސީދާ ބައްދަލުކޮށް ކުރާ މަޝްވަރާތަކުގެ ސަބަބުން، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤު ދާރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އިސްލާމްއާބާދުގައި އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރުގެ ނައިބު ވަނީ ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ އަދި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސް ޑރ. މުޢިއްޒަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސްގެ ދެކަނބަލުންނަށާއި ދިވެހި ވަފުދަށް ޕާކިސްތާނުން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އިސްޙާޤު ދާރު ދެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން، ޚާއްޞަކޮށް ވިޔަފާރިއާއި، އިންވެސްޓްމަންޓް، ތަޢުލީމު، މޫސުމަށް އަންނަ ބަދަލުތައް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދުން ބައިވެރިވާތީ އެކަމަށް މަރުޙަބާ ވިދާޅުވަމުން، ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި (ބީ2ބީ) ކުރެވޭ މުޢާމަލާތްތަކުގެ ސަބަބުން، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އަމަލީ ގޮތުން ފައިދާހުރި ނަތީޖާތަކެއް ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނަށާއި ދިވެހި ވަފުދަށް ޕާކިސްތާނު ސަރުކާރުން ކިޔާފައިވާ ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް އެދެނީ ޕާކިސްތާނާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމަށްވެސް ފައިދާހުރި އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހިރާއްޖެ އާއި ޕާކިސްތާނުން އެކި ދާއިރާތަކުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި
21 Oct 2026 ހަބަރު

ދިވެހިރާއްޖެ އާއި ޕާކިސްތާނުން އެކި ދާއިރާތަކުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި

މި ރަސްމިއްޔާތުގައި ވަނީ، ސިއްހީ ދައިރާއިންނާއި، ތައުލީމީ އަދި އިގްތިސާދީ ދައިރާގެ އިތުރުން ދިފާއީ ދާއިރާ ކުރިއެރުވުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ވައިގަދަވެ ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި
21 Oct 2026 ހަބަރު

ވައިގަދަވެ ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި

މެޓު އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައުގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
21 Oct 2026 ހަބަރު

ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮތީ މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ
21 Oct 2026 ހަބަރު

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ހަވާލުވި އެމްޑަބްލިއުއެސްސީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފަށާނެއެވެ. ޚިދުމަތް މެދުނުކެނޑި ދޭނެކަމުގެ ޔަޤީންކަން ކުންފުނިން ދީފިއެވެ.

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ
20 Oct 2026 ހަބަރު

އިމާރާތްތަކުގައި ހުޅުޖަހާ ފިހާރަތައް ލޫޓްވާން ގޮވާލި މީހާގެ މައްސަލަ ވެސް ބަލަނީ

ސޯޝަލް މީޑިއާގައި އެކަމަށް ގޮވާލާ ޕޯސްޓެއް ކުރީ މީގެ ކުރީން އެމްޑީޕީގެ ހަރަކާތަކުން ފާހަގަވި މީހެކެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް
20 Oct 2026 ހަބަރު

ތާރީހީ ދުވަހެއް: 10 އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް

އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރު، މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި؛ މިއީ ދިހަ އަހަރަށްފަހު ދިވެހި ރައީސަކު ކުރާ ފުރަތަމަ ދަތުރު
20 Oct 2026 ހަބަރު

ރައީސް މުޢިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި؛ މިއީ ދިހަ އަހަރަށްފަހު ދިވެހި ރައީސަކު ކުރާ ފުރަތަމަ ދަތުރު

ރައީސް މުޢިއްޒަށް ދަޢުވަތު ދީފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މި މަހުގެ 22 އަށް ދެމިގެންދާ މި ދަތުރުފުޅުގައި ރައީސް، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ، ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި އެ ޤައުމުގެ އެހެން އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.