ރާއްޖެއާ ޕާކިސްތާނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން-
ރާއްޖެއާ ޕާކިސްތާނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން-
ހަބަރު 21 Oct 2026 | 07:19

ދިވެހިރާއްޖެ އާއި ޕާކިސްތާނުން އެކި ދާއިރާތަކުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ޕާކިސްތާނުން އެކި ދާއިރާތަކުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މެމޮރަންޑަމް އޮފް އެމްޔޫއޯގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު ޕާސްކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި މިއަދު އެޤައުމުގެ ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވަނީ، ސިއްހީ ދައިރާއިންނާއި، ތައުލީމީ އަދި އިގްތިސާދީ ދައިރާގެ އިތުރުން ދިފާއީ ދާއިރާ ކުރިއެރުވުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ދިވެހި ސަރުކާރާއި ޕާކިސްތާނުގެ ސަރުކާރާ ދެމެދު ބަދަލު ކުރި އިތުރު އެއްބަސްވުންތައް

- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން
- ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން
- މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން
- އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަސެކިޔުރިޓީ އާއި އަރޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ސްކިލްސް އާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުން
- އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުން
- ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
- މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުން

މި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ދެ ޤައުމުގެ ކަމާބެހޭ ވަޒީރުންނެވެ. އެއްބަސްވުންތަކުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދި ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަހަރަށް 60 އަހަރު ފުރިގެންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިވެގެންދާނޭކަމަށް ދެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފަށަނީ؛ ފަތުރުވެރިކަމަށް އައު ދޮރުތަކެއް ހުޅުވޭނެ: ރައީސް މުޢިއްޒު
21 Oct 2026 ހަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފަށަނީ؛ ފަތުރުވެރިކަމަށް އައު ދޮރުތަކެއް ހުޅުވޭނެ: ރައީސް މުޢިއްޒު

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ކުރެވެމުންދާ މަޝްވަރާތަކާ މެދު ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށާއި، އޭގެ ސަބަބުން ފަތުރުވެރިކަމަށް އައު ދޮރުތަކެއް ހުޅުވި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަމާޒަކީ ރާއްޖެއާއެކު އޮތް އިގްތިސާދީ މުއާމަލާތް، ދެ އަހަރުތެރޭ 200 މިލިއަން ޑޮލަރަށް އިތުރުކުރުން
21 Oct 2026 ހަބަރު

އަމާޒަކީ ރާއްޖެއާއެކު އޮތް އިގްތިސާދީ މުއާމަލާތް، ދެ އަހަރުތެރޭ 200 މިލިއަން ޑޮލަރަށް އިތުރުކުރުން

ބޮޑުވަޒީރު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އިޤްތިޞާދީ ގުޅުމަކީ ދެ ޤައުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު ނޫން ކަމަށެވެ

ވައިގަދަވެ ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި
21 Oct 2026 ހަބަރު

ވައިގަދަވެ ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި

މެޓު އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައުގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ދެ ޤައުމުގެ ވިޔަފާރިވެރިންގެ ބައްދަލުވުމުގެ ސަބަބުން އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވިގެންދާނެ: ޕާކިސްތާނު ބޮޑުވަޒީރުގެ ނައިބު
21 Oct 2026 ހަބަރު

ދެ ޤައުމުގެ ވިޔަފާރިވެރިންގެ ބައްދަލުވުމުގެ ސަބަބުން އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވިގެންދާނެ: ޕާކިސްތާނު ބޮޑުވަޒީރުގެ ނައިބު

ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ވިޔަފާރިވެރިން ސީދާ ބައްދަލުކޮށް ކުރާ މަޝްވަރާތަކުގެ ސަބަބުން، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤު ދާރު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
21 Oct 2026 ހަބަރު

ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮތީ މިއަދު ހެނދުނު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ
21 Oct 2026 ހަބަރު

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ހަވާލުވި އެމްޑަބްލިއުއެސްސީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފަށާނެއެވެ. ޚިދުމަތް މެދުނުކެނޑި ދޭނެކަމުގެ ޔަޤީންކަން ކުންފުނިން ދީފިއެވެ.