އައިފޯން 18 ޕްރޯމެކްސް-
އައިފޯން 18 ޕްރޯމެކްސް-
ވިޔަފާރި 21 Oct 2026 | 07:34

ދިރާގު ޓިކްޓޮކް ގިވްއަވޭ: އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމަށް ރަނުގެ ފުރުސަތެއް!

ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ ޓިކްޓޮކް ޗެލެންޖެއްގައި ބައިވެރިވެގެން، އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި ހަދިޔާގެ ގޮތުގައި ދޭނީ "ބާގަންޑީ" ކުލައިގެ އައިފޯން 18 ޕްރޯ މެކްސްއެކެވެ. މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެންމެންނަށެވެ.

މި ގިވްއަވޭގައި ބައިވެރިވާނެ ގޮތަކީ:

• ޓިކްޓޮކްގައި @dhiraagufans ފޮލޯކުރުން.

• ދިރާގުގެ ރަސްމީ ގިވްއަވޭ ޕޯސްޓަށް ކޮމެންޓްކޮށް، ދެ އެކުވެރިން ޓެގްކުރުން: https://vt.tiktok.com/ZSgSNSuEd/

• ޓެގްކުރާ ދެ އެކުވެރިންނަކީ ވެސް @dhiraagufans ފޮލޯކުރާ ދެމީހުންކަން ޔަގީންކުރުން.

އެ ކުންފުނިން ބުނީ އަގުހުރި އިނާމުތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް މިފަދަ އެކި ހަރަކާތްތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި މި ގިވްއަވޭގައި ބައިވެރިވެވޭނީ 4 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް