ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރެއްވުން
ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރެއްވުން
ހަބަރު 21 Oct 2026 | 17:39

ރައީސްގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޠާހާ އެވެ.

Uploaded image

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަން ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، އަދި ހައިކޮމިޝަނުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

Uploaded image

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޕާކިސްތާނުގެ ރައީސް ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފި

މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ.

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ
21 Oct 2026 ހަބަރު

ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓް، ދަތުރުކުރުން މަނާ

އޮރެންޖް އެލާޓް ނެރުމުން އެ އަތޮޅުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ވަނީ އަންގާފަ އެވެ.

މާލެއަށް ބޯކޮށްވާރޭވެހެނީ، މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި
21 Oct 2026 ހަބަރު

މާލެއަށް ބޯކޮށްވާރޭވެހެނީ، މާލޭގެ ބޮޑު ބައެއް ފެނު އަޑީގައި

މާލެއަށް ބޯކޮށްވާރޭވެހެމުންދާއިރު ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި އެވެ.

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
21 Oct 2026 ހަބަރު

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދުކޮށްފި
21 Oct 2026 ހަބަރު

ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދުކޮށްފި

މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ނިންމާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ.

މައްސަލަ ބަލަނިކޮށް ގާޒީ އިޙްސާން އިސްތިޢުފާ ދެއްވައިފި
21 Oct 2026 ހަބަރު

މައްސަލަ ބަލަނިކޮށް ގާޒީ އިޙްސާން އިސްތިޢުފާ ދެއްވައިފި

ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނިކޮށް، އޭނާ މިއަދު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައިފި އެވެ.

ބޯކޮށް ވާރޭވެހި ފިޔޯރީގެ ގިނަ ގެތަކަކަށް ފެންވަދެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: ކައުންސިލް ރައީސް
21 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހި ފިޔޯރީގެ ގިނަ ގެތަކަކަށް ފެންވަދެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: ކައުންސިލް ރައީސް

ގދ. ފިޔޯރީއަށް ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ރަށުގެ ގޭބިސީތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ގެއަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން ހާމަކޮށްފިއެވެ.