ފޮޓޯ: އެންޑީއެމްއޭ
ފޮޓޯ: އެންޑީއެމްއޭ
ހަބަރު 21 Oct 2026 | 13:03

ބޯކޮށް ވާރޭވެހި ފިޔޯރީގެ ގިނަ ގެތަކަކަށް ފެންވަދެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: ކައުންސިލް ރައީސް

ގދ. ފިޔޯރީއަށް ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ރަށުގެ ގޭބިސީތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ގެއަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި ފިޔޯރީއަށް ބޯކޮށް ވާރޭވެހެން ފަށާފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. އަދި ވާރޭ ނުހުއްޓި ވެހުމުގެ ސަބަބުން މުޅި ރަށުގައި ފެންބޮޑުވެ، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ގެތަކަކަށް ވަނީ ފެންވަދެފައެވެ.

ގެތަކަށް ފެންވަދެ ގެއްލުންތަކެއް ލިބުނު ނަމަވެސް، މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންވެގެން އެއްވެސް ގެއަކުން މީހުން ހުސްކުރަންޖެހޭ ހާލަތަކަށް އަދި ގޮސްފައިނުވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެއިތުރުން، މި ހާދިސާއާ ގުޅިގެން އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ރަށު ކައުންސިލާ ގުޅިގެން އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.

ފިޔޯރީ ކައުންސިލުގެ ރައީސް ޢަބްދުﷲ މުބާޙް "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށަށް ވެހެމުންދާ ވާރޭ އަދިވެސް ހުއްޓުމަކަށް އައިސްފައިނުވާ ކަމަށެވެ. އަދި ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި ޕަންޕު ބޭނުންކުރުމުގެ އިތުރުން، މޫދަށް ފެން ފައިބާނޭހެން ކޯރު ކަނޑައިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ރަށުގެ ހުރިހާ މުއައްސަސާތަކެއްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުބާޙް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން މި މިންވަރަށް އެ ރަށުގައި ފެންބޮޑުވެފައިވަނީ 2019 ވަނަ އަހަރުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި
21 Oct 2026 ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި އެވެ.

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި
21 Oct 2026 ހަބަރު

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދުކޮށްފި
21 Oct 2026 ހަބަރު

ދައުލަތުގެ އިމާރަތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން 15 ދުވަހަށް ބަންދުކޮށްފި

މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ނިންމާފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ.

މައްސަލަ ބަލަނިކޮށް ގާޒީ އިޙްސާން އިސްތިޢުފާ ދެއްވައިފި
21 Oct 2026 ހަބަރު

މައްސަލަ ބަލަނިކޮށް ގާޒީ އިޙްސާން އިސްތިޢުފާ ދެއްވައިފި

ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނިކޮށް، އޭނާ މިއަދު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައިފި އެވެ.

‏"ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށް ދިޔަވަނީ، ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ
21 Oct 2026 ހަބަރު

‏"ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏަކަށް ދިޔަވަނީ، ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ އެވެ.

ގުރޫޕަކުން 22 އަހަރުގެ މީހަކަށް ޖިންސީގޯނާކުރި މައްސަލައެއް، ކުޑަކުދީންނަށްވެސް ޖިންސީގޯނާކުރި
21 Oct 2026 ހަބަރު

ގުރޫޕަކުން 22 އަހަރުގެ މީހަކަށް ޖިންސީގޯނާކުރި މައްސަލައެއް، ކުޑަކުދީންނަށްވެސް ޖިންސީގޯނާކުރި

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ވަނީ ފާހަގަކުރެވިފައި ކަމަށް ބުންޏެވެ.

ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި
21 Oct 2026 ހަބަރު

ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި

މި ޒިޔާރަތުގައި އެކަމަނާ ވަނީ ޑްރެޕްގެ މައިގަނޑު މަސައްކަތްތަކާއި، އާންމު ސިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް އެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ތަފުސީލީ މަޢުލޫމާތު ފަސްޓްލޭޑީއާ ވަނީ ޙިއްޞާކުރައްވާފައެވެ.

ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވައިފި
21 Oct 2026 ހަބަރު

ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވައިފި

ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.