ހެކްކުރުން؛ ފޮޓޯ / އަވަސްޓް
ހެކްކުރުން؛ ފޮޓޯ / އަވަސްޓް
ދުނިޔެ 21 Oct 2026 | 14:04

ޕީއެޗްޕީގައި ފެނުނު ނުރައްކަލާއި ހެދި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެބްސައިޓުތައް އޮފްލައިންކޮށްފި

ހެކަރުން ބޭނުން ހިފަމުންދާ ދެ ބޮޑު ނުރައްކަލެއް ޕީއެޗްޕީ ޕްރޮގްރާމިންގ ލެންގުއޭޖުގައި ފެނިފައިވާކަން ހާމަވުމާއެކު، ޔޫރަޕާއި އެހެން ސަރަހައްދުތަކުގެ ސަރުކާރުގެ ވެބްސައިޓުތައް ރައްކާތެރިކަމުގެ ގޮތުން އިއްޔެ އޮފްލައިންކޮށްފިއެވެ.

ޕީއެޗްޕީ ތައްޔާރުކުރާ ޑިވެލޮޕަރުން ބުނެފައިވަނީ، އެ ލެންގުއޭޖުގައި ވަރަށް ނާޒުކު ދެ ނުރައްކަލެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކަންތައްތައް ހައްލުކުރުމާއެކު ވަގުތުން ވެބްސައިޓުތައް އަޕްޑޭޓް ކުރާނެކަމަށެވެ. ޕީއެޗްޕީ އަކީ އިންޓަނެޓުގެ ބޮޑު ބައެއް ބިނާވެފައިވާ ލެންގުއޭޖެއް ކަމުން، ގިނަ ވެބްސައިޓުތަކަކަށް ހަމަލާދެވިދާނެކަމުގެ ކަންބޮޑުވުން އުފެދިފައިވެއެވެ.

ހެކަރުން މިހާރުވެސް އެ ކުށްތަކުގެ ބޭނުން ހިފައިގެން ވެބްސައިޓުތަކަށް ވަދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން، ނެދަލެންޑްސްއާއި ފިންލޭންޑުގެ ސަރުކާރު އިދާރާތަކުން ވެސް ވެބްސައިޓުތައް ވަގުތީގޮތުން ބަންދުކޮށްފައިވެއެވެ. ނެދަލެންޑްސްގެ ސައިބަރ ސެކިއުރިޓީ އިދާރާ ވެސް އޮފްލައިން ކޮށްފައިވަނީ ރައްކާތެރިކަމުގެ ގޮތުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޔޫރަޕް، އޮސްޓްރޭލިއާ، ޖަޕާނާއި އިނގިރޭސިވިލާތުގެ ސައިބަރ ސެކިއުރިޓީ އިދާރާތަކުން ވެސް ޕީއެޗްޕީ ބޭނުންކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވަނީ، ވަގުތުން އަޕްޑޭޓް ކުރުމަށާއި ނުވަތަ ހައްލު ލިބެންދެން ވެބްސައިޓުތައް އޮފްލައިން ކުރުމަށެވެ.

ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ހަންޓްރެސްއިން ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ، ޕީއެޗްޕީ ވޯޑްޕްރެސް، ޑްރޫޕަލް، ޖޫމްލާ އަދި މެޖެންޓޯ ސައިޓުތަކާއި، ޝެއާޑް ހޯސްޓިންގ ޕްލެޓްފޯމުތަކާއި، ކޮންޓްރޯލް ޕެނަލްތަކާއި، ޕީއެޗްޕީގެ މައްޗަށް ހިނގާކަން ހާމަނުކުރާ އެތައް ސޮފްޓްވެއާއެއް ހިނގަނީ ޕީއެޗްޕީ ބޭނުންކޮށްގެން ކަމަށެވެ.

ވެބް އަދި ކްލައުޑް ރައްކާތެރިކަމުގެ ކުންފުނި ކްލައުޑްފްލެއާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޑޭން ނެކްޓް އެކްސްގައި ބުނެފައިވަނީ، ފުރަތަމަ ހަމަލާތައް ފެންނަން ފަށައިފި ކަމަށާއި އާ ގޮތްގޮތުން ހަމަލާ ދެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޕްޑޭޓް ކުރަމުންދާ ކަމަށެވެ. މިއީ ހަމައެކަނި ވަގުތީ ހައްލެއް ކަމަށާއި ޕީއެޗްޕީން އަޕްޑޭޓް ނެރެ ވަގުތުން މި މައްސަލަ ހައްލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ވަގުތީ ފިޔަވަޅެއްގެ ގޮތުން ކްލައުޑްފްލެއާއިން ފަޔާވޯލްގެ ގަވާއިދުތައް އަޕްޑޭޓް ކުރަމުން ދާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ވޯޑްޕްރެސް ވެބްސައިޓުތައް ރައްކާތެރިކުރާ ވޯޑްފެންސްއިން ބުނެފައިވަނީ، ހުރިހާ ވޯޑްޕްރެސް ސައިޓެއް ހިނގަނީ ޕީއެޗްޕީ ހުންނަ ސާވަރުތަކުގައި ކަމަށާއި، އޮޓޮމެޓިކް އަޕްޑޭޓުތަކުން މި ހައްލު ނުލިބޭނެ ކަމަށެވެ. އެހެންކަމުން، ސައިޓުތަކުގައި ޕީއެޗްޕީ އަޕްޑޭޓް ކުރުމުގެ ޒިންމާ އޮތީ ކާކުގެ މައްޗަށްކަން ހޯދުމަށް ސައިޓުގެ ވެރިފަރާތްތަކަށް އެ ކުންފުނިން ލަފާދީފައިވެއެވެ.

ޕީއެޗްޕީ 5 އިން ފެށިގެން އޭގެ ފަހުގެ ހުރިހާ ވާޝަނަކަށް މި ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެރިން ބުނެފައިވީނަމަވެސް، ނުރައްކާ ކުރިމަތިވެފައިވާ ވާޝަންތައް ޕީއެޗްޕީން އަދި ހާމައެއް ނުކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ހުއްދަނެތި އެހެން ކުންފުންޏެެއްގެ ޓެކްނޮލޮޖީ ބޭނުންކުރި މައްސަލައެއްގައި އެޕަލް ކުންފުނި 5.7 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
29 Sep 2026 ދުނިޔެ

ހުއްދަނެތި އެހެން ކުންފުންޏެެއްގެ ޓެކްނޮލޮޖީ ބޭނުންކުރި މައްސަލައެއްގައި އެޕަލް ކުންފުނި 5.7 ބިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އެހެން ކުންފުންޏެއްގެ ހުއްދައަކާ ނުލައި އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރި ކަމަށް ސާބިތުވެ، މަޝްހޫރު ޓެކް ކުންފުނި އެޕަލް އިން 5.7 ބިލިއަން އެމެރިކާ ޑޮލަރުގެ ބަދަލެއް ދިނުމަށް އެމެރިކާގެ ކޯޓަކުން ހުކ...

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
20 Sep 2026 ލައިފްސްޓައިލް

ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކު...