ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
ބަހްރެއިންގެ މަޝްހޫރު ގަލްފް އެއާއިން ދިވެހިރާއްޖެއަށް ޝެޑިއުލް ދަތުރުތަކެއް ފަށައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރާ މި ދަތުރުތައް ފެށުން ފާހަގަކުރުމަށް މިއަދު ހެނދުނު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ގަލްފް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯފަރޭޝަންގެ މެނޭޖިނގް ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ. މި އެއާލައިނުން ދިވެހިރާއްޖެއަށް ހަފްތާއަކު ފަސް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގަލްފް އެއާއަކީ މެދުއިރުމަތީގެ ގައުމުތަކާއި ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއާލައިނެކެވެ. އެ އެއާލައިނުން ދުނިޔޭގެ ގިނަ މަންޒިލްތަކަށް މިހާރުވެސް ދަތުރުކުރަމުންދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް