ރައީސް ނަޝީދަށް އަލީ ވަހީދު ރައްދު ދެއްވައިފި
ޖުމްހޫރީ ޕާޓީއަށް މަޖިިލިސް އިންތިޚާބުގައި ލިބޭނެ ގޮނޑިތަކުގެ އަދަދާއި ބެހޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ޓޫރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް އަލީ ވަހީދު ރައްދު ދެއްވައިފިއެވެ.
ދާދި ފަހުން ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ ކޯލިޝަން ހަދައިގެން މަޖިލިސް އިންތިޚާބަށް ނިކުތަސް ޖޭޕީ އަށް މަޖިލީހުގެ ހަ ގޮނޑިވެސް ނުލިބޭނެ ކަމަށެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޭ ބޭއްވި ޖޭޕީގެ ޖަލްސާއެއްގައި އަލީ ވަހީދު ވިދާޅުވީ ޖޭޕީ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ ސަމުގާ ކަމަށާއި އެޕާޓީން ކާމިޔާބު ކުރާނީ ހަ ގޮނޑި ނޫން ކަމަށެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ޖޭޕީ އަކީ ނިކަމެތި ޕާޓީއެއްގެ ގޮތުގައި މަޖިލިސް އިންތިޚާބުގައި ފެނިގެން ނުދާނެ ކަމަށެވެ.
އަލީ ވަހީދު މިގޮތަށް ވިދާޅުވެފައި ވާއިރު ޖޭޕީ އިން ޕީޕީއެމް އާއި އެކު ކޯލިޝަން ހަދަން ނިންމުމުން އަލީ ވަހީދު ވަނީ މީގެ ކުރިން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ އިގިރޭސީވިލާތުގައި ރެފިއުޖީން ގޮތުގައި ތިއްބާ އަނބުރާ ގައުމަށް ގެނެސްދިނީ ރައްޔިތުން ކަމަށާއި އެހެންކަމުން ރައްޔިތުން ދޫކޮށް ނުފިލާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް