ބައިނަލްއަގްވާމީ އިންތިޚާބީ ބައްދަލުވުމެއް ރާއްޖޭގައި ބާއްވަނީ
އިންތިޚާބުތަކާއި ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި މި ބައްދަލުވުމަކީ ދުނިޔޭގެ 60އަށްވުރެ ގިނަ ގައުމުން ބައިވެރިވާ "އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމް"އެވެ.
"އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމް" އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިންތިހާބާބެހޭ މުއައްސަސާތަކުން އިންތިހާބުތަކުގައި ދިމާވާ މައްސަލަ ތަކާއި، އިންތިހާބުތައް މިނިވަން ކޮށް، އަވަސް ކުރުމުުގައި ދިމާވާ ދަތިތައް ހައްލު ކުރުމާބެހޭގޮތުން ވާހަކަ ދައްކައި ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް ބާއްވާ ބަައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެކަމަށް އީސީން މައުލޫމާތުދެއެވެ.
މި ބައްދަލުވުން އޮންނާނީ މިއަހަރުގެ ޖޫންމަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް