ކުލަބް ވެމްކޯގެ ކުޅުންތެރިން
ކުލަބް ވެމްކޯގެ ކުޅުންތެރިން
ކުޅިވަރު 22 Jan 2023 | 06:01

ޗެމްޕިއަން ޕޮލިސް އަތުން ވެމްކޯއަށް ފަސޭހަ މޮޅެއް!

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް ފަސޭހަކަމާއި އެކު ސީދާ ތިން ސެޓުން ބަލިކޮށް ވެމްކޯއިން މުބާރާތުގެ ފެށުން ރަގަޅުކޮށްފިއެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދީ ފައިނަލުގައި ވެމްކޯގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އާ ދެކޮޅަށް ނުކުތީ ކްލަބް ވޮލީބޯލް އެވެ. ވާދަވެރި ކުޅުމަކަށް ފަހު ކުލަބް އީގަލްސް އިން މެޗު ކާމިޔާބު ކުރީ 3 ސެޓު 2 ސެޓުންނެވެ. ފުރަތަމަ ދެ ސެޓް އީގަލްސްއިން ކާމިޔާބު ކުރީ 27-25، 27-25 ންނެވެ. ދެން ޖެހިގެން އައި ދެ ސެޓް 25-22 އަދި 25-16 އިން ހޯދައި ކްލަބް ވޮލީބޯޅައިން އީގަލްސް ޓީމު ޕްރެޝަރަށް ވައްޓާލްއެވެ. ނަމަވެސް މެޗުގެ ފަސް ވަނަ ސެޓް ފަސޭހަކަމާއެކު 9-15 އިން ކާމިޔާބު ކްލަބް އީގަލްސް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖޫޒާން، ވެމްކޯގެ ފަރިތަކުންތަކުގައި : ފޮޓޯ ކުލަބް ވެމްކޯ ފޭސްބުކް ޕޭޖުން

އިއްޔެ ފެށި މުބާރާތުގެ ދެވަނަ މެޗުގައި ޕޮލިހާ ދެކޮޅަށް ނުކުމެ ވެމްކޯއިން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓް ވެމްކޯއިން ގެންދިޔައީ ބޮޑު ލީޑަކުން 25-17 އިންނެވެ. އެކަމަކު ފަހު ދެ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ ދެ ސެޓް ގެންދިޔައީ 25-23 އަދި 25-20 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ޖޫޒާން ޒަރީރު އެވެ.

މުބާރާތުގެ މިއަދު ހަވީރު ކުޅޭ މެޗުގައި އީގަލްސް ނުކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ. މިރޭ ވެމްކޯ ނުކުންނާނީ ކްލަބް ވޮލީބޯޅަ އާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް