މަރިޔަމް ހުޒުނާ
މަރިޔަމް ހުޒުނާ
ކުޅިވަރު 21 Apr 2023 | 20:47

ސްޕާޓަންސް އަތުން ޓީމު ރާޅަށް ފަސޭހަ މޮޅެއް!

މަޑުއްވަރީ ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ އަންހެން ޑިވިޝަނުގައި މިރޭ ކުޅުނު ފުރަތަަމަ މެޗު ފަސޭހަކަމާއި އެކު 8-1 ގެ ނަތީޖާއަކުން  ސްޕާޓަންސް ސްޕޯޓްސް ކްލަބް ބަލިކޮށް ޓީމު ރާޅުން މުބާރާތުގެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ޖުމުލަ ތިން ޓީމު ބައިވެރިވި އަންހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅޭ ގޮތަށެވެ.

މިރޭގެ މެޗުގައި ފުރަތަަމަ ހާފުގައި ޓީމު ރާޅުން 4 ލަނޑުގެ ލީޑެއް ނެގިއިރު ދެވަަނަ ހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އެޓީމުގެ މަރިޔަމް ހުޒުނާ 6 ލަނޑު ކާމިޔާބުކޮށްދިންއިރު އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު ސަނާ ނިޒާމް އެވެ.

ސްޕާޓަންސް ޓީމުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު ނާޖިޔާއެވެ. އަދި މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޓީމު ރާޅަށް ހަަ ލަނޑު ކާމިޔާބުކޮށްދިން މަރިޔަމް ހުޒުނާ އެވެ.

މި މުބާރާތުގެ މެޗެއް ފެން އޮންނަނީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުގެ ރޭ އެވެ. އެމެޗުގައި ޓީމު ރާޅު ނުކުންނާނީ ސެވަން އެޓޭކާސް އާއި ދެކޮޅަށެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޓީމު ރާޅަށް އެބައޮތެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ލީގު ބުރު ފަހުމެޗުގައި މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ރޭ ސެވަން އެޓޭކާސް ނުކުންނާނީ ސްޕާޓަންސް އާއި ދެކޮޅަށެވެ.

1444 ވަނަ އަހަރުގެ ފިތުރު އީދު ބަންދުގައި މަޑުއްވަރީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ވޮއިސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް