ވިއޭނާ ސްޕޯޓްސްގެ ޕްރެކްޓިސްގެ ތެރެއިިން
ވިއޭނާ ސްޕޯޓްސްގެ ޕްރެކްޓިސްގެ ތެރެއިިން
ކުޅިވަރު 22 Apr 2023 | 10:17

ބައިބަލާ 1444: ވިއޭނާ ސްޕޯޓްސް މިރޭ ނުކުންނާނީ ލޮރެންޒޯ ހައިނާސް އާއި ދެކޮޅަށް!

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 މިރޭ ފަށާއިރު، މުބާރާތުގައި މިރޭ ކުޅެވޭ 7 މެޗުގެ ތެރެއިިން 5 ވަނަ މެޗުގައި ވިއޭނާ ސްޕޯޓްސް ނުކުންނާނީ  ލޮރެންޒޯ ހައިނާސް އާއި ދެކޮޅަށެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ ބައިބަލާ މުބާރާތުގައި ބައިވެރިވާ ވިއޭނާ ސްޕޯޓްސް އިން ވަނީ މިއަހަރުގެ މުބާރާތަށް ވަރުގަދަ ޓީމެއް އެކުލަވާލުމަށްފަހު ދުރާލާ ފަރިތަކުރުންތައް ވެސް ފަށާފައެވެ.

2019 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގައި ބައިވެރިވެ ގަދަ 8 ޓީމުތެރޭގައި ހިމެނުނު ވިއޭނާ ސްޕޯޓްސްގެ ފަރާތުން އެކުލަބުގެ މަސްއޫލުވެރިޔާ އަލީފް މިމަހުގެ ކުރީކޮޅު ވޮއިސް އަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ މުބާރާތުގައި ރަގަޅު ކާމިޔާބީއެއް ހޯދުމަށް އެޓީމުން ދުރާލާ ފަރިތަކުރުން ފަށާފައި ވަނީ އެކުލަބުގެ އަމިއްލަ ރިންގެއްގައި ކަމަށާއި، މި އަހަރުގެ މުބާރާތުގައި ފެނިގެންދާ ވިއޭނާގެ ޓީމަކީ އޯލް ސްޓާ ޓީމެއް ކަމަށެވެ.

މިފަހަރުގެ ޓީމުގައި ހިމެނޭނެ މިސްޓަރ ބައިބަލާގެ މަގާމު ހޯދާފައިވާ ޒަހީންޓޭގެ އިތުރުން ގަދަ ފަހެއްގައި ހިމެނިފައިވާ އިތުރު ހަތަރު ކުޅުންތެރިން. އޭގެތެރޭގައި އަތީގު، އިރުފާން، ފައިސަލްގެ އިތުރުން އަހުސަލް ހިމެނެއެވެ. އަދި މި މުބާރާތުގައި ވިއޭނާ ސްޕޯޓްސް ގެ މެނޭޖަރަކީ ނަބީލް ޒަމީލް އެވެ.

މިރޭ 23:00 ގައި ފަށާ މިމެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ދެވަަނަ ބުރުގައި ވާދަކުރަންޖެހެނީ މާދަމާރޭ އީގަލްސް އާއި ވީކޭ ސްޕޯޓްސް ވާދަކޮށް މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް