މެންޗެސްޓަރ ޔުނައިޓެޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
މެންޗެސްޓަރ ޔުނައިޓެޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 21 Dec 2022 | 23:02

މެންޗެސްޓާ ޔުނައިޓެޑް ލީިގު ކަޕް ކުއާޓާއަށް!

ވޯލްޑް ކަޕަށްފަހު މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި ބާންލީ އަތުން 2-0 އިން މޮޅުވެ އީއެފްއެލް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

2017 ވަނަ އަހަރަށް ފަހު ޓްރޮފީއެއް ހޯދުމުގެ އުންމީދުގައި މަސައްކަތް ކުރަމުން އަންނަ މެޗެސްޓަރ ޔުނައިޓެޑަށް މި މެޗުގައި ލަނޑިތަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަން އާއި މާކަސް ރަޝްފޯޑްއެވެ. ކްރިސްޓިއާނޯ ރޮނަލްޑޯ ޓީމާއި ވަކިވިފަހުން ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ކޮޅުގައި ރަގަޅަށް ކުޅުނީ ބާންލީއިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ 27 ވަނަ މިނެޓްގައި އެރިކްސަން ކާމިޔާބުކޮށްދިން ގޯލާއި އެކު ޔުނައިޓެޑުން މެޗުގެ ކޮންޓްރޯލް ހޯދިއެވެ.

މާކަސް ރަޝްފޯޑް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އާރޮން ވަން-ބިސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެންމާކްގެ މިޑްފީލްޑަރ އެރިކްސަން ކާމިޔާބުކުރި ހަމައެކަނި ގޯލާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0 ން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ބާންލީގެ ފެށުންފެނުނީ ވަރުގަދަކޮށެވެ. ނަމަވެސް ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ރަޝްފޯޑް ކާމިޔާބުކުރި  ލަނޑާއެކު އެ ޓީމުގެ އުއްމީދުތައް ވަނީ ފުނޑުފުނޑުވެފައެވެ. އުމުރުން 25 އަހަރުގެ އިގިރޭސި ފޯވާޑް މި ލަނޑު ކާމިޔާބުކުރީ އަމިއްލަ ހާފުތެރެއިން ލިބު ބޯޅައެއް ހިފައިގެން ކުރިއަށް އަރާ ބާންލީގެ ކީއްޕަރު ކައިރިން ނައްޓަލުމައްފަހު ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

އީއެފްއެލް ކަޕް ރޭ ކުޅެވުނު އެހެން މެޗުގެ ނަތީޖާތަކަށް ބަލާއިރު ނޮޓިންހަމް ފޮރެސްޓް ވަނީ 4-1 ން ބްލެކްބާން ރޯވާސް ބަލިކޮށް ކުއާޓާގެ ފުރުސަތު ހޯދާފައެވެ. ޕްރެމިއާ ލީގް ކުލަބް ބްރައިޓަން ވަނީ ޕެނަލްޓީގައި 1-0 ން ޗެންޕިއަންޝިޕް ކުލަބް ޗާލްޓަން އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް