އަންހެން 100މ ހާޑަލްސް ދުނިޔޭގެ ރެކޯޑް ހޯލްޑަރ
އަންހެން 100މ ހާޑަލްސް ދުނިޔޭގެ ރެކޯޑް ހޯލްޑަރ
ކުޅިވަރު 22 Dec 2022 | 15:10

އެފްރިކާގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ޓޮބީ އަމުސަން

ކޮންފެޑެރޭޝަން އޮފް އެފްރިކަން އެތުލެޓިކްސް (ސީއޭއޭ) އިން ހޮވާ 2022 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ނައިޖީރިއާގެ ޓޮބީ އަމުސަން ހޮވައިފަ އެވެ.

ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ޗެމްޕިއަންކަން ހޯދި އަމުސަން ވަނީ އެމެރިކާގެ އޮރެގަންގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި 22 އަހަރު ވީ 100 މިޓަރުގެ ހާޑަލްސް ދުނިޔޭގެ ރެކޯޑް އައުކޮއްފައެވެ. އަދި ފާއިތުވި ދެ ސީޒަނުގައި ޑައިމަންޑް ލީގުގެ ތަށި ހޯދާފައިވާ ޓޮބީ އަމުސަން އަކީ ވޯލްޑް އެތްލެޓިކްސް އިން ހޮވާ 2022 ވަނަ އަހަރުގެ ފަސް ވަނައަށް އެންމެ މޮޅު އަންހެން އެތްލީޓެވެ.

ނައިޖީރިއާގެ ޓޮބީ އަމުސަން

އުމުރުން 25 އަހަރުގެ ދުވުންތެރިޔާ އަކީ އެތުލެޓިކްސް އިވެންޓެއްގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ނައިޖީރިއާ އަށް އެންމެ ފުރަތަމަ ރަންމެޑަލް ހޯދައިދިން އެތްލީޓެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް 100 މީޓަރު ހާޑަލްސް ދުވުމުގެ ރަން މެޑަލް ހޯދިއިރު އެއިވެންޓްގެ ސެމީ ފައިނަލުގައި 12.12 ސިކުންތުން ދުވި ދުނިޔޭގެ ރެކޯޑް އައުކުރި އިރު، ފައިނަލުގައި ރޭސްނިންމީ 12.06 ސިކުންތުންނެވެ.

1500 މީޓަރާއި 1000 މީޓަރު ދުވުމުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ކެންޔާގެ ފެއިތު ކިޕްޔޭގަން އާއި އިތިއޯޕިއާގެ ލެޓެސެންބެޓް ގިޑޭ ވަނީ އަމުސަންގެ ފަހަތުން މިއަހަރުގެ އެފްރިކާގެ އެންމެ މޮޅު އަންހެން ދެ ވަނަ އަދި ތިން ވަނަ އެތްލީޓްގެ މަގާމް ހޯދައިފަ އެވެ.

ދުނިޔޭގެ އެތްލެޓިކްސްގެ މައި އިދާރާ ވޯލްޑް އެތުލެޓިކްސް އިން ކޮންމެ އެތުލީޓަކު ވެސް ރޭންކް ކުރަނީ އެތުލެޓިކްސްގެ ސްކޯރިން ޓޭބަލްތައް ބޭނުންކޮށްގެން ސީޒަންގައި އެ އެތްލީޓަކު ނެރޭ ނަތީއްޖާއަކަށް ލިބުނު ޕޮއިންޓަށް ބަލައިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް