އިސްރާއީލްގެ ބޮޑުވަޒީރު ބެނެޓް... ފޮޓޯ: ރޮއިޓާސް
އިސްރާއީލްގެ ބޮޑުވަޒީރު ބެނެޓް... ފޮޓޯ: ރޮއިޓާސް
ދުނިޔެ 20 Apr 2025 | 15:50

އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު، ބެނެޓަށް ހާޓްއެޓޭކެއް ޖެހިއްޖެ!

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު، އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަބަދުވެސް ވަކާލާތުކުރަމުން އަންނަ ނަފްތާލީ ބެނެޓަށް ހާޓްއެޓޭކެއް ޖެހިއްޖެއެވެ.

ބެނެޓަށް ހާޓްއެޓޭކެއް ޖެހުނުކަން އޭނާގެ އޮފީހުންވެސް ވަނީ ޔަގީންކޮށްދީފައެވެ. އަދި އޭނާ ދިރިއުޅެމުން އަންނަ ކްފަރ ސަބާސިޓީގެ މެއިރް މެޑިކަލް ސެންޓަރުންވެސް ވަނީ، ހާޓްއެޓޭކެއް ޖެހިގެން ބެނެޓަށް ފަރުވާދެމުން އަންނަކަމަށް ބުނެފައެވެ. ނަމަވެސް ބެނެޓްގެ ތަރުޖަމާން ވިދާޅުވެފައިވަނީ، ހާލު ސީރިއަސް ނޫންކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރީ ބައެއް ކަންކަން މޮނިޓަރކުރުމަށް ކަމަށެވެ.

ޔަހޫދީންގެ ކުރީގެ ބޮޑުވަޒީރު ބެނެޓަކީ އިސްރާއީލްގެ އަސްކަރިއްޔާގައި ކުރިން އުޅުއްވި ބޭފުޅެކެވެ. އޭނާ ވަނީ މީގެކުރިން ނަތަންޔާހޫގެ ޗީފް އޮފް ސްޓާފްގެ މަޤާމުވެސް އަދާކުރައްވާފައެވެ. ބެނެޓަކީ އެންމެ ކުރިންސުރެ، އިސްރާއީލުން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އެމީހުންގެ ބިންތަކެއްކަމުގައި ވަކާލާތު ކުރައްވަމުން އައި މީހެކެވެ. އަދި އޭނާއަކީ ފަލަސްތީނުގެ ނަސްލު ފުހެލުމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވަކާލާތު ކުރަމުން އަންނަ މީހެކެވެ.

ދެކުނު ލުބުނާނުގައި 1996 ވަނަ އަހަރު އިސްރާއީލުން ކުރި ހަނގުރާމައިގައި ލުބުނާނުގެ 200 އަށްވުރެ ގިނަ ރައްޔިތުން ގަތުލުކުރިއިރު، އޭނާއަކީ އެ ޔުނިޓްގައި އިސްކޮށް ހުންނެވި އެކަކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް