ބޮސްނިއާއަތުން ބަލިވުމަށްފަހު އިޓަލީ ކުޅުންތެރިން... ފޮޓޯ: އީޕީއޭ
ބޮސްނިއާއަތުން ބަލިވުމަށްފަހު އިޓަލީ ކުޅުންތެރިން... ފޮޓޯ: އީޕީއޭ
ކުޅިވަރު 01 Apr 2026 | 02:41

މިފަހަރުވެސް އިޓަލީއަށް ވަރލްޑްކަޕުން ޖާގައެއް ނުލިބުނު

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ބޮސްނިއާ އަތުން ބަލިވެ، ވިދިވިދިގެން ތިންވަނަ ފަހަރަށް ވަރލްޑްކަޕަށް ކޮލިފައިނުވެ އިޓަލީ ކަޓައިފިއެވެ.

ވަރލްޑްކަޕް ތަށި ހަތަރު ފަހަރަށް ހޯދާފައިވާ އިޓަލީ ރޭ ބޮސްނިއާއަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް  1-1 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް އިޓަލީއެވެ. އެއީ 15 ވަނަ މިނެޓް ތެރޭގައި މޮއިސް ކީން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އިޓަލީން ލީޑް ނަގާފައިވަނިކޮށް، މެޗްގެ އޮއިވަރު ބަދަލުވީ، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިޓަލީގެ ސެންޓަރ ބެކް އެލެސަންދްރޯ ބަސްޓޯނީއަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ. ބަސްޓޯނީ ދަނޑުން ފޮނުވާލުމުން މެޗްގެ ބޮޑުބައި އިޓަލީން ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.

ވަރލްޑްކަޕް ޕްލޭ އޯފްގައި އިޓަލީ އާއި ބޮސްނިއާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ގެޓީ

މެޗްގައި ބޮސްނިއާއަށް އެއްވަރުކޮށްދިނީ ފަހުހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ހަރިސް ތަބަކޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޖަހައިގެން ބޮސްނިއާ މެޗް ކާމިޔާބުކުރީ 1-4 ގެ ނަތީޖާއިންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީގެ ޕިއޯ އެސްޕޮސިޓޯ އާއި ބްރަޔަން ކްރިސްޓަންޓޭގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، ބޮސްނިއާ މޮޅުވީ، އެމެރިކާއަށް އުފަން އެސްމިރް ބަޖްރަކްޓަރެވިޗް ޖެހި ޕެނަލްޓީންނެވެ.

ވަރލްޑްކަޕް ޕްލޭ އޯފްގައި އިޓަލީ އާއި ބޮސްނިއާ ބައްދަލުކުރިމެޗަށްފަހު.. ފޮޓޯ: ގެޓީ

މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނީ، "މުބާރާތަށް ކޮލިފައިނުވުމުން އެންމެންގެ ކިބައިން މައާފަށް އެދޭ" ކަމަށެވެ. އަދި އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަދެއްކުމަށްވުރެ، މިވަގުތު މުހިންމީ ވޯލްޑް ކަޕަށް ނުދެވުނުކަމުގެ ހިތާމަ ކަމަށްވެސް އޭނާ ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ސްޕިނަޒޯލާ ބުނީ، މުބާރާތުން ބޭރުވިކަން އަދިވެސް ގަބޫލުކުރަން ދަތި ކަމަށާއި، މިއީ އެންމެންނަށްވެސް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ. އަދި ވޯލްޑް ކަޕެއްގައި އިޓަލީ ކުޅޭތަން ދުވަހަކު ނުދެކޭ ކުޑަކުދިން ތިބިކަމީ އޭނާ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ.

އިޓަލީ 2006 ވަނަ އަހަރު ވަރލްޑްކަޕް ތަށި އުފުލާލަނީ... ފޮޓޯ: ގޯލްޑޮޓްކޮމް

މީގެ ކުރިން ބޭއްވި ދެ ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި އިޓަލީއަށް ވަރލްޑްކަޕް ގެއްލުނީ، ސްވިޑަން އަދި ނޯތު މެސެޑޯނިއާ އަތުން ބަލިވުމުންނެވެ. އިޓަލީން ވަރލްޑްކަޕް ތަށި އުފުލާލާފައިވަނީ، 1934، 1938، 1982 އަދި 2006 ވަނަ އަހަރެވެ. އޭގެ ކުރިން އިޓަލީއަށް ވަރލްޑްކަޕް ގެއްލިފައިވަނީ، 1958 ވަނަ އަހަރެވެ.

ޕްލޭ އޯފް މެޗްތަކަށް ބަލާއިރު، ސްވިޑަން، ތުރުކީ އަދި ޗެކް ރިޕަބްލިކް ވަނީ ވޯލްޑް ކަޕުން ޖާގަ ހޯދާފައެވެ. ސްވިޑަން އިން ޕޮލެންޑް 3-2 އިން ބަލިކުރިއިރު، ތުރުކީން ކޮސޯވޯ ބަލިކުރީ 1-0 ނަތީޖާއިންނެވެ.. ޗެކް ރިޕަބްލިކް ކޮލިފައިވީ ޕެނަލްޓީ ޖަހައިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...