އައިއޭސީ އިން ބަންލަދޭޝްގައި އެހީ ބަހައިދެނީ:ފޮޓޯ/ އައިއޭސީ
އައިއޭސީ އިން ބަންލަދޭޝްގައި އެހީ ބަހައިދެނީ:ފޮޓޯ/ އައިއޭސީ
ދުނިޔެ 01 Sep 2024 | 08:19

ބަންގްލަދޭޝްގައި ފެންބޮޑުވެ ހާލުގަޖެހުނު އާއިލާތަކަށް ދިވެހިންގެ އެހީ!

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.

އައިއޭސީގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ބަންގްލަދޭޝްގެ ސިފައިންނާ ގުޅިގެން ދިވެހިންގެ އެހީ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

މިއީ ދިވެހިންނަށް ފަޚުރުވެރިވެވޭނެ ވަގުތުކޮޅެއް ކަމަށްވެސް ވަނީ ބުމެފައެވެ.

މީގެ އިތުރުން ފެންބޮޑުވުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބަންގްލަދޭޝްގެ ސިފައިންނާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް އައިއޭސީން ބުނެފައިވެއެވެ.

އަދި އެހީގެ ޕެކޭޖްތައް ބެހުމުގައި ބަންގްލަދޭޝްގެ ސިފައިން ދެއްވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ 11 ޑިސްޓްރިކްޓެއް ވަނީ ފެންބޮޑުވުމުގެ ހާދިސާއިން އަސަރުކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ގާތްގަނޑަކަށް 4.5 މިލިއަން މީހުންނަށް އަސަރުކޮށްފައިވާއިރު، 887,629 ގެއެއް އޮތީ ފެނު އަޑީގައެވެ. ގިނަ ވާރޭވެހުމާއި ފަރުބަދަމަތީ ސަރަހައްދުތަކުން ފެން ފޭބުމުގެ ސަބަބުން މި ޑިސްޓްރިކްޓުތަކުގެ ގިނަ ސަރަހައްދުތަކެއް އެއްކޮށް ބަންދުވެސް ވެގެން ދިޔައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް