މެލޭޝިޔާ އަތުން މޮޅުވެ ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ/ ފޮޓޯ:ސިޑިބަރި.އެމްވީ
މެލޭޝިޔާ އަތުން މޮޅުވެ ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ/ ފޮޓޯ:ސިޑިބަރި.އެމްވީ
ކުޅިވަރު 23 Apr 2023 | 07:14

އިންޓަރ އޮފީސް އަންހެން ވޮލީ މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އިންޓަރ އޮފީސް - ކޮމްޕެނީ ޗެމްޕިއަންޝިޕް 2023 ''އަންހެން ޑިވިޜަން'' މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ 20 ވަނަ ދުވަހު ނޭޕާލުގައި ބޭއްވުމައް ހަމަޖެހިފައިވާ ''ސެންޓްރަލް އޭޝިއަން ޗެލެންޖް ކަޕް 2023'' ގައި ބައިވެރިވެފައިވާ ދިވެހިރާއްޖޭގެ ޤައުމީ އަންހެން ޓީމު އެ މުބަރާތައް ތައްޔަރުވުމުގެ ގޮތުން ފަރިތަކުރަމުންދާ ކަމަށެވެ.

އެހެންކަމުން އިންޓަރ އޮފީސް - ކޮމްޕެނީ ޗެމްޕިއަންޝިޕް 2023 ''އަންހެންޑިވިޜަން'' ގައި ބައިވެރިވެފައިވާ ބައެއް އޮފީސް - ކުންފުނިތަކުގައި ހިމެނޭ ޤައުމީ ޓީމުގެ އަންހެން ކުޅުންތެރިންނަށް މި މުބާރާތުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމައް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެސޯސިއޭޝަނަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެކަމާ ގުޅިގެން މިމުބާރަތުގައި ބައިވެރިވެފައިވާ ބައެއް އޮފީސް - ކުންފުނިތަކުން މިމުބާރާތް ފަސްކޮށްދިނުމައް އެދިފައިވާތީ، އަންނަ މަހު ފެށުމައް ތާވަލުކުރެވިފައިވާ އިންޓަރ އޮފީސް - ކޮމްޕެނީ ޗެމްޕިއަންޝިޕް 2023 ''އަންހެންޑިވިޜަން'' ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުންޏެވެ.

އަދި މި މުބާރާތް ބޭއްވޭނެ ތާރީޙް ފަހުން އިއުލާނު ކުރެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް