ލޮރެންޒޯ ހޭނެސް އާއި ވިއޭނާ ސްޕޯޓްސް ވާދަކުރި މެޗުގެ ތެރެއިިން
ލޮރެންޒޯ ހޭނެސް އާއި ވިއޭނާ ސްޕޯޓްސް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 23 Apr 2023 | 09:40

ފުރަތަަމަ މެޗުން މޮޅުވެ ވިއޭނާ ސްޕޯޓްސް ދެވަނަ ބުރަށް!

މި އަހަރުގެ ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ގައި ވިއޭނާ ސްޕޯޓްސް އިން ކުޅުނު ފުރަތަަމަ މެޗު އެޓީމުން ކާމިޔާބުކޮށްފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ރޭ ކުޅެވުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗު ވިއޭނާ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށް ގަދަ 16 ޔަގީންކުރީ ސީދާ ދެ ގޭމުން ލޮރެންޒޯ ހޭނެސް މަށްޗަށް ކުރިހޯދައިގެންނެވެ. އެޓީމުން ރޭގެ މެޗުގެ ގޭމުތައް ގެންދިޔައީ 7-6 އަދި 11-5 އިންނެވެ.

ކުލަގަދަ ރަސްމިއްޔާތަކާއި އެކު ރޭ ބޭއްވި މިއަހަރުގެ ބައިބަލާ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިބަލާ އެސޯސިއޭޝަނުގެ އިސް ފަރާތްތަކުގެ އިތުރުން އާބަންކޯގެ ޑީއެމްޑީ އަހުމަދު ގައިސް އާއި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީގެ އިތުރުން ހުޅުމާލޭ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ބައިވެރިވެފައިވާ އިރު، މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މުބާރާތުގެ އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އޭގެ އިތުރުން އެސްޓީއޯ އާއި އެފްއެސްއެމް އަދި އޮބިއަންއަކީވެސް މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ.

މިފަހަރުވެސް ބައިބަލާ މުބާރާތް ކުރިއަށްދަނީ ނޮކްއައުޓް އުސޫލުންނެވެ. މި ފަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމަކުން ވާދަކުރަމުންދާ އިރު، ފުރަތަމަ ބުރަށްފަހު ދެން އޮންނާނީ ގަދަ 16 ގެ ބުރެވެ. ފުރަތަމަ ބުރުގައި ދެ ބްރެކެޓެއް ފިޔަވައި ދެން ކޮންމެ ބްރެކެޓެއްގައިވެސް ހިމެނެނީ ދެ ޓީމެވެ. 34 ޓީމު ބައިވެރިވެފައިވުމުން ދެ ބްރެކެޓެއްގައި ތިން ޓީމު ހިމެނޭ އިރު، އެ ތިން ޓީމުގެ ތެރެއިން ގަދަ 16 އަށް ދާ ގޮތަށް ހަމަޖައްސާފައިވަނީ އެއް ޓީމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް