އާޖެންޓީނާގެ ކުޅުންތެރިން ވޯލްޑް ކަޕް ޓްރޮފީ އާއި އެކު
އާޖެންޓީނާގެ ކުޅުންތެރިން ވޯލްޑް ކަޕް ޓްރޮފީ އާއި އެކު
ކުޅިވަރު 22 Dec 2022 | 21:10

މެސީ ބޭނުންވަނީ ފުރާންސްގެ ރައްޔިތުން އިތުރަށް ރުޅިއަރުވާލަން!

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 ން އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން ހޯދީ އާޖެންޓިނާއެވެ.

36 އަހަރަށް ފަހު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރެވުން އެކަމުގެ އުފާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާޖެންޓީނާގެ އެތަކެއް މިލިއަން ސަޕޯޓަރުން އަންނަނީ ފާހަގަކުރަމުންނެވެ. މިގޮތުން އުފާފާޅުކުރުމުގެ ތެރޭގައި އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން ފުރާންސްގެ ބައެއްކުޅުންތެރިންނަ ޓާގެޓްކޮށް މަލާމާތާއި ފުރައްސާރަކުރަމުން ދާކަންތީވ،ެ ގިނަބަޔަކު އަންނަނީ އެ އަމަލުތައް ކުއްވެރިކޮށް އެކަމާއި ދެކޮޅަށް ވާހަކަދައްކަމުންނެވެ.

މި ސަބަބާއި ހުރެ އާޖެންޓީނާ އާއި ފުރާންސްގެ ސަޕޯޓަރުންގެ މެދުގައި ވަރަށްބޮޑު ނުތަނަވަސް ކަމެއް އުފެދިފައިވާ މިދަނޑިވަޅުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާ ކުޅެމުން އަންނަ ފުރާންސްގެ ކުލަބު ޕީއެސްޖީގެ ދަނޑުގައި އެޓީމުގެ ސަޕޯޓަރުން ކުރިމަތީ ވޯލްޑްކަޕްގެ ތަށި ދައްކާލުމުގެ ހުއްދައަކަށް އެދުނު ވާހަކަ މީޑިއާގައި ފެތުރެން ފެށުމުން ގިނަބަޔަކަށް އެވާހަކަ ގަބޫލްކުރަންވެސް ދަތިވިއެވެ.

ނަމަވެސް ގޯލް ޑޮޓް ކޮމް އިން ކޮއްފައިވާ ޓުވީޓެއްގައި ވާގޮތުން މެސީ ވަނީ ކުލަބުގެ ކިބައިން ވޯލްޑް ކަޕްގެ ތަށި ސަޕޯޓަރުންނަށް ދައްކާލުމުގެ ހުއްދައަކަށް އެދިފައެވެ. ނަމަވެސް ޕީއެސްޖީ އިން މެސީގެ އެ އެދުމަށް ވަކިޖަވާބެއްނުދެއެވެ.

ރޮނާލްޑޯ މެނޗެސްޓާރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ރަން ބޫޓް ދައްކާލަނީ

އާންމު ގޮތެއްގައި ކުޅުންތެރިން ކުލަބް ލެވެލްގައި ހޯދާ ޓްރޮފީތައް ކުލަބުގެ ސަޕޯޓަރުންނަށް ދައްކާލިނަމަވެސް ޤައުމީ ޓީމުގައި ހޯދާ ޓްރޮފީތައް ކުލަބުގެ ސަޕޯޓަރުންނަ ދާއްކާތަނެއް މިގެކުރިން ނުފެނެއެވެ. ނަމަވެސް އިންޑިވިޖުއަލް ޓްރޮފީތައް ކުލަބުގެ ސަޕޯޓަރުންނާއި ހިއްސާކުރުމަކީ އާންމުކަމެކެވެ.

މެސީ ބާސެލޯނާގެ ސަޕޯޓަރުންނަށް ބެލެންޑި އޯ އެވޯޑް ދައްކާލަނީ

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަން ބޫޓް އެމްބާޕޭ ކާމިޔާބުކުރި އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ދޭ ރަން ބޯޅަ ލިބުނީ މެސީ އަށެވެ. ވޯލްޑް ކަޕް ފައިނަލް މެޗަށް ފަހު އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވާ ފަށާފައި ވާއިރު މެސީ މިވަގުތު ހުރީ ވޯލްޑްކަޕް ކާމިޔާބީ ފާހަގަކުރުަމަށް އޭނާގެ އުފަން ގައުމު އާޖެންޓީނާގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް