ސިޔާސީ މަސައްކަތަކުން ދުރަށް ނުދަން: ޑރ.ޝަހީމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސިޔާސީ މައިދާނާއި ދުރަށް ވަޑައިނުގަންނަވާކަމަށާއި، ވަރަށް އަވަހަށް ސިޔާސީ މަސައްކަތަށް ހުސްވާނެކަމަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރަނިންގްމޭޓްކަން އަދާކުރެއްވި، އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ޑރ.ޝަހީމް ވިދާޅުވީ އިންތިހާބަށް ފަހު ހަމަހިމޭންކަން ޚިޔާރުކުރީ ގައުމީ ސުލްހައަށް ޖާގަދިނުމަށްޓަކައި، އެއްގޮތަކަށްވެސް މައިދާނާއި ދުރަށް ދިޔައީ ނޫންކަމަށެވެ.
އަދި އިރާދަކުރެއްވިއްޔާ މިމަހުގެ މެދެއްހާ ތާނގައި އިސްލާމީ ދައުވަތާއި ސިޔާސީ މަސައްކަތަށް ހުސްވެ ވަޑައިގަންނަވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އިންޝާﷲ އަޅުގަނޑުގެ އަޒުމެއް ނުގުޑާނެ. ތިޔަ ބޭފުޅުންގެ ހެޔޮ ދުއާއަށް އެދެން"، ޑރ.ޝަހީމް އެމަނިކުފާނުގެ ޕޯސްޓް ނިންމާލަމުން ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއާއި ޕީޕީއެމްއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު، ޑރ.ޝަހީމް ސިޔާސީ ކަންކަމުން ފެނިފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާާނު ވަނީ އިންތިގާާލީ ކޮމެޓީއަކާއި، އިސްލާމިކް ޔުނިވަރސިޓީގެ ކަންކަމުގައި ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް