ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ
ވެލިދޫ އައިލެންޑް ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މަރުވެފައިވަނީ އޮސްޓްރޭލިޔާގެ ފަތުރުވެރިއެއްކަމަށެވެ. އަދި އެއީ 78 އަހަރުގެ ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އޭނާ މަރުވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި ހަގަޑި ސާޅީސް ނުވައެއްގައި ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ގެނބިގެން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ވެލިދޫ އައިލެންޑް ރިސޯޓްގައި ގެނބިގެން ފަތުރުވެރިއަކު މަރުވެފައިވާއިރު، ފަހަކަށް އައިސް ގެނބިގެން މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެކަމާއި ގުޅިގެން ސަރުކާރުން އަންނަނީ އެފަދަ ހާދިސާތައް މަދުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް