ހޫލިއަން ނަގެލްސްމަން
ހޫލިއަން ނަގެލްސްމަން
ކުޅިވަރު 23 Mar 2023 | 23:33

ބަޔާންގެ ކޯޗު މަގާމުން ވަކިކޮށްފި!

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ބަޔާން ލެވަކޫސަން އަތުން ބަލިވެ، ލީގުގެ އެއްވަނަ މަގާމު ގެއްލިފައިވަނިކޮށް ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނަގެލްސްމަން މަގާމުން މިރޭ ވަކިކޮށްފިއެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 35 އަހަރުގެ ނަގެލްސްމަން މަގާމުން ވަކިކޮށްފި ވަނީ މިސީޒަނުގައި ލީގުގައި މިހާތަނަށް އެޓީމުން ނެރެމުންއައި ދަށް ނަތީޖާ ތަކުގެ ސަބަބުންނެވެ.

ނަމަވެސް މިސީޒަނުގައި ނަގެލްސްމަންގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކް އަންނަނީ ޔުއެފާ ޗެމްޕިއަންސްލީގުގައި ރަގަޅު ކުޅުމެއް ދައްކަމުންނެވެ. މި ގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެޓީމުން ވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ވަރުގަދަ ޕީއެސްޖީ ކަޓުވާލުމަށްފަހު ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަހޯދާފައެވެ.

ބަޔާން މިޔުނިކުގެ ކޯޗް ކަމުގެ މަގާމަށް ނަގެލްސްމަން ހަމަޖެއްސީ 2021 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ބަޔާން މިޔުނިކުން ވަނީ ޖަރުމަން ބުންޑަސް ލީގާ އާއި 2021 އަދި 2022 ވަނަ އަހަރުގެ ޖަރުމަން ސްޕަރ ކަޕް ކާމިޔާބު ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް