ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު މާނިޔާ (ވ)، އޭނާ އާ ދެކޮޅަށް ކުޅުނު ކުޅުންތެރިޔާއާ އެކު.-- ފޮޓޯ: އަފްނާން ރަޝީދު/ ޓްވިޓާ
ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު މާނިޔާ (ވ)، އޭނާ އާ ދެކޮޅަށް ކުޅުނު ކުޅުންތެރިޔާއާ އެކު.-- ފޮޓޯ: އަފްނާން ރަޝީދު/ ޓްވިޓާ
ކުޅިވަރު 24 Jun 2023 | 11:22

ސްޕެޝަލް އޮލިމްޕިކްސް ގޭމްސް އިން މާނިޔާ، ރާއްޖެއަށް ރަން މެޑަލް ހޯދައިދީފި

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު މާނިޔާ އާދަމް، ރަން މެޑަލް ހޯދައިފި އެވެ.

ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ މި މިބާރާތުގައި މާނިޔާ ރަން މެޑަލް ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާ އާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 19-21 އިން ކަމިޔާބުކުރިއިރު، ދެވަނަ ސެޓް މާނިޔާ ހޯދީ ފަސޭހަކަމާއި އެކު 21-10 އިންނެވެ.

މުބާރާތުގެ ފައިނަލަށް މާނިޔާ ދަތުރު ކުރީ ޖޯޑަން އާއި މޮންގޯލިއާ ކުޅުންތެރިޔާ ބަލިކޮށްފަ އެވެ. މާނިޔާގެ ކޯޗަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ވެސް ހިމެނޭ އައިޝަތު އަފްނާން ރަޝީދު (ނާނު) އެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭން ވާދަކުރި ދުވުންތެރިޔާ ޒާނާ އަލީ ޝަރީފް ވަނީ 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

މިއީ ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭން ބެޑްމިންޓަންގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މުހައްމަދު ރާއިފް ޝަރީފް މިއަދު ކުޅޭނީ ފިރިހެން ޑިވިޝަންގެ ތިންވަނަ ހޮވާ މެޗުގަ އެވެ.

މި ރަން މެޑަލް އަކީ ރަސްމީ ސިފައެއްގައި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ދެވަނަ ރަން މެޑަލް އެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ މުބާރާތުގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑެއްޔެއް ހޯދި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް