ޕަޓީނާ އާއި ރީތިރަށް ވާދަކުރި މެޗުގެ ތެރެއިިން
ޕަޓީނާ އާއި ރީތިރަށް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 25 May 2023 | 13:58

ރިސޯޓް ލީގު 2023: ރީތިރަށް ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕަޓީނާ ކުއާޓާއަށް!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގައި މިއަދު ހަވީރު ކުޅެވުނު ދެވަަނަ މެޗުގައި ގުރޫޕް "އޭ" ގައި ރީތިރަށް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕަޓީނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މެޗަށް ނުކުތްއިރު ވެސް ރީތިރަށަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައިވާއިރު، މިއަދުގެ މެޗުން މޮޅުވެ ޕަޓީނާ އިން ވަނީ މުބާރާތުގައި އެޓީމުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޕަޓީނާއިން މެޗުގެ ލީޑު ހޯދީ ފުރަތަަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަފްލާހް އެވެ. މިއީ ރީތިރަށުގެ ހާފު މެދަށްވުރެ މެދުގޮނގާއި ކައިރީގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޕަޓީނާގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ އިބްރާހިމް ވަޖީހު އެވެ. މިއީ އެޓީމުގެ އިބްރާހިމް އަފްލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރީތިރަށުގެ ޕެނަލްޓީ އޭރިއާ ތެެރޭގައި މުޅިން ހުސްކޮށް ހުރެ މަޑުމަޑުން ގޯލު ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕަޓީނާ ކުރީގައި އޮވެގެންނެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޕަޓީނާގެ ޖޯޒީ ނަންބަރު 11 އިބްރާހީމް އަފްލާހް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ކުޅުނު ތިން މެޗުން ޕަޓީނާ އަށް 9 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އެއް މެޗު އޮއްވައި އެޓީމަށް ގުރޫޕްގެ އެއްވަނަ މަގާމު ވަނީ ކަށަވަރުވެފައެވެ. މި ގުރޫޕްގެ ދެވަނައިގައި އޮތް މި މެޗުން ބަލިވި ރީތިރަށެވެ. އެޓީމު ހަތަރު މެޗު ކުޅެފައިވާ އިރު ލިބިފައިވަނީ 07 ޕޮއިންޓެވެ. އަދި މި ގުރޫޕުން މިދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުވެފައެވެ.

ރިސޯޓް ލީގު 2023 ގެ ނޯތު މާލޭ ޒޯނުގައި މިއަހަރު 17 ޓީމެއް ބައިވެރިވެފައި ވާއިރު، މި ޒޯނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ.

މި ޒޯނުގެ ހުރިހާ މެޗެއްވެސް ވަން އެންޑް އޮންލީ ރީތިރަށުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ގުރޫޕް "އޭ" ގައި ފަސް ޓީމު ހިމެނޭއިރު، އަނެއް ތިން ގުރޫޕްގެ ތެރެއިިން ކޮންމެ ގުރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި
11 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލްޑިވްސ...

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި
06 Nov 2023 ކުޅިވަރު

ޕެނަލްޓީގައި ނިޔާމަ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްރޮސްރޯޑްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ސެމީ ފައިނަލުގައި މިއަދު ހަވީރު ކްރޮސްރޯޑްސް މޯލް...

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް
04 Nov 2023 ކުޅިވަރު

ރީތިރަށް މޮޅުވި ނަމަވެސް، ސެމީގެ ފަހުޖާގަ ކްރޮސްރޯޑްސްއަށް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ދެވަަނަ ލެގުގައި ...

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް
02 Nov 2023 ކުޅިވަރު

ރަށުން ބޭރުގައި ރީތިރަށް އަތުން ކްރޮސްރޯޑްސްއަށް ފަސޭހަ މޮޅެއް

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ތިންވަނަ މެޗުގެ ފުރަތަަމަ ލެގުގައ...

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި
01 Nov 2023 ކުޅިވަރު

ރިސޯޓް ސްޕަރ ލީގު، ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ދެވަަނަ ލެގުގައި މި...

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި
29 Oct 2023 ކުޅިވަރު

ރަށުން ބޭރުގައި ފިނޮޅު އަތުން މޮޅުވެ، ޖޯލި މޯލްޑިވްސް އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ރިސޯޓް ސުޕަރ ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގެ ފުރަތަަމަ ލެގުގައި ...