އިންފަންޓީނޯ.. ފޮޓޯ: ރޮއިޓާސް
އިންފަންޓީނޯ.. ފޮޓޯ: ރޮއިޓާސް
ކުޅިވަރު 13 Aug 2026 | 13:03

އަޔަލޭންޑްގެ ފުޓްބޯޅަ އިދާރާއިންވެސް އިންފަންޓީނޯއާ ދެކޮޅަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އަޔަލެންޑްގެ ފުޓްބޯޅައާ ބެހޭ އިދާރާއިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރިން ދީފައި އޮތް ތާއީދު އަނބުރާ ގެންދިއުމަށް ނިންމައިފިއެވެ.

ބޯޑު ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނުގައި އެފްއޭއައި އިން ބުނެފައި ވަނީ ވޯލްޑް ކަޕަށް ފަހު ހިޔާލުތަފާތުވުންތައް އުފެދުމުގެ ކުރިން ފޮނުވި ތާއީދުގެ ސިޓީ ބާތިލުކޮށް ސަބަބުތައް ބަޔާންކޮށް ފީފާއަށް ވަކި ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ.

"އަޔަލެންޑުގެ ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއިން ފޯރުކޮށްދޭ އެހީތެރިކަމަށް މި އެސޯސިއޭޝަނުން ޝުކުރުވެރިވޭ. ނަމަވެސް ފަހަކަށް އައިސް ހިނގާފައިވާ ކަންކަމުގެ ސަބަބުން އިދާރީ ހިންގުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި އަދި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި. ފާއިތުވި އަހަރުތަކުގައި އެފް.އޭ.އައި އިން އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރި މަސައްކަތްތަކަށް ބަލާއިރު އެންމެ ރަނގަޅު އުސޫލުތައް ހިފެހެއްޓުމަކީ މި އެސޯސިއޭޝަނުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކެން" އެ ބަޔާނުގައިވެއެވެ.

ނޮދަން އަޔަލެންޑުގެ އައިއެފްއޭ އިން ތާއީދު ރަސްމީކޮށް ނެގި ކަމެއް އިޢުލާނެއް ނުކުރެއެވެ. ނަމަވެސް ޔޫއެފާ އާއި ފީފާގެ މެންބަރެއްގެ ހައިސިއްޔަތުން އެ ދެ ފަރާތަށް ވެސް ޒިންމާ އޮންނަ ކަމަށާއި މި މައްސަލައިގައި ޔޫއެފާގެ ސިޔާސަތަށް ތާއީދުކުރާ ކަމަށް އެ އިދާރާގެ ތަރުޖަމާނު ބުނެފައިވެއެވެ.

ވިލާތުގެ ގިނަ ޤައުމުތަކަކުން އިންފަންޓީނޯއާ ދެކޮޅަށް ނިކުމެފައިވާއިރު، މިފަހުން ފީފާއިން ވަނީ އިންފަންޓީނޯގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އެގޮތުން މިކަމަކީ އެ އިދާރާއާ ދެކޮޅަށް ރޭވިގެން ހިންގާ ބަދުނާމުކުރުމުގެ ޙަރަކާތްތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ. ފީފާއިން އިތުރަށް ތުހުމަތުކޮށްފައިވާ ގޮތުގައި މެންބަރުންގެ ތާއީދު ނެތް ފަރާތްތަކުން ޑިމޮކްރެޓިކް ނިޒާމުގެ ބޭރުން ދޮގު ތުހުމަތުތައް ފެތުރުމުގެ ބޭނުމަކީ ނާޖާއިޒު ފައިދާ ހޯދުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...