ޕީއެންސީގެ ވޯޓް ކުރިއަށް ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލަ: ދެ ޒުވާނަކު ހައްޔަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިއްޔެ އޮތް ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓްގެ ކަންކަން ކުރިއަށް ދަނިކޮށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ވޯޓް ގުނުން ކުރިއަށް ދަނިކޮށް ގުރޫޕަކުން ވަނީ އެ ސުކޫލަށް ވަދެ ހަމަނުޖެހުން އުފައްދާފަ އެވެ. ގޮނޑިތައް އުކާ ގެއްލުން ވެސް ދިނެވެ.
އެއީ ވޯޓްގެ ކަންކަމާ ހިތްހަމަނުޖެހިގެން ބަޔަކު ކުރި ކަމެއް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ. އަދި މިރޭ ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް