ވޯޓުކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި
އަންނަ މަހުގައި އޮންނަ މަޖިލިސް އިންތިޚާބުގެ ވޯޓުކަރުދާސްތައް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
އެގޮތުން ވޯޓް ކަރުދާސް ޗާޕް ކުރުމާއި ބެހޭ ބީލަމުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފަައި ވަނީ މިއަދެވެ. ވޯޓު ކަރުދާސްތަކުގެ ބީލަން ހުޅުވުން އޮންނާނީ މާޗް 10 ވާ އާދީއްތަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ އިއުލާނުގައި ބުނެފައިވެއެވެ.
ވޯޓް ކަރުދާސް ޗާޕް ކުރުމާއި ބެހޭ ބީލަމުގެ މަޢުލޫމާތު ހޯއްދެއްވުމަށް 3004470 ނުވަތަ 3004461 ނަންބަރު ފޯނަށް ގުޅުވުމަށް ނުވަތަ މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ [email protected] އީމެއިލް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް