ފަޔާޒް، ހޯޕް ޖަމިއްޔާގެ އެހެން މެމްބަރަކާއި އެކު
ފަޔާޒް، ހޯޕް ޖަމިއްޔާގެ އެހެން މެމްބަރަކާއި އެކު
ރިޕޯޓް 26 Feb 2023 | 04:43

ފަޔާޒް، ލޯފަންވިޔަސް ޔަތީމުންނަށް އެހީވުމަށް ކުރީސަފުގައި

އއ އުކުޅަހަށް އުފަން އަހްމަދު ފަޔާޒަކީ ލޮލަށްނުފެނުނަސް ހިންގުންތެރި ޒުވާނެކެވެ. އުކުޅަހުގައި ހިންގާ ހޯޕް ޖަމިއްޔާގެ ރައީސް އަކީވެސް ފަޔާޒެވެ.

ހޯޕް ޖަމިއްޔާ އާއި ފަޔާޒް މިހާރު މަސައްކަތް ކުރަމުންދަނީ އެރަށުގެ ޔަތީމު ކުދިން ކޮޅެއްގެ ގެ ހެދުމުގެ މަސައްކަތެވެ. މި ޕޮރެޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރުވަނީ އެގޭގެ ބަދިގެ ހަދައި ނިންމައި އެ އާއިލާއާއި ހަވާލުކޮށްފައެވެ.

މިކަމާއި ގުޅިގެން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ފަޔާޒް ވިދާޅުވީ، 4 ކުދިންނާއި އެކު އެކަނިވެރި މަންމައަކު ދިރިއުޅެމުންދާ މިގެ މަރާމާތުކޮށް ހެދުމުގެ މަސައްކަތުގައި ރަށުގެ އަމިއްލަ ފަރާތްތަކާއި ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަން ލިބެމުންދާކަމަށެވެ. އަދި މިކަމުގައި އިސްކޮށް އުޅެނީ ހޯޕް ޖަމިއްޔާ އާއި ޚިދްމަތް ޖަމިއްޔާކަން ފަޔާޒް ފާހަގަ ކުރެއްވިއެވެ.

"ޢަމަލީ ގޮތުން ބައެއް ފަހަރު އެކަހަލަ މަސައްކަތް ކޮށްއުޅެން އަޅުގަނޑުވެސް، އެވަގުތު އެތަނަށް އަރާ ލެވުނީމަ، މީހުން މަދު ވަގުތަކަށް ވީމަ މަސައްކަތުގައި ބައިވެރިވެލީ، ބައިވެރިވެލެވުނީމަ ވަރަށް އުފާވި، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވެފައި، އަޅުގަނޑަކީވެސް ބޭނުން ޖެހިފައި ވާ މީހަކަށް ވެފައި، އެއިހުސާސްތައް އަޅުގަނޑަށް އެނގޭ، އަޅުގަނޑު އެއްޗަކަށް ބޭނުންވެފައި ހުންނަ ވަގުތު އެއްޗެއް ލިބުނީމަ ވާ އުފާ އިހްސާސް ކުރެވޭ، އެހެން ވީމަ އެހެން ބަޔަކަށް އަޅުގަނޑު މެދުވެރިވެގެން އެހީ ތެރިކަން ފޯރުކޮށްދެވުނީމަ ވަރަށް ހިތްހަމަޖެހޭ"

އަހްމަދު ފަޔާޒު
މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގެ ޢަމަލީމަސައްކަތުގައި ފަޔާޒް އަދި ޖަމިއްޔާގެ ބައިވެރިން

މި ޕްރޮޖެކްޓް ރޯދަ މަސް ފެށެން ވާއިރަށް ނިންމާލުމަކީ އެޖަމިއްޔާގެ އަމާޒުކަމަށް ފަޔާޒް ބުންޏެވެ. މިމަސައްކަތް ފެށިތާ މިހާރު ތިން މަސް ވެފައި ވާކަމަށާއި އެކި އެކި ގޮންޖެހުން ތަކާއި އެކު މިހާހިސާބަށް މިމަސައްކަތް ގެންދެވިފައިވާ ކަމަށް ފަޔާޒް ބުންޏެވެ.

އެގޮތުން ކައްކާ ކެވޭނެ ގޮތަށް ބަދިގެ ހަދައި ހަވާލު ކުރެވިފައި ވާކަމަށާ އަދި ސިޓިންގރޫމާއި ގޭގެ އެކި ތަންތަނުން ވާރޭ ވެހޭނަމަ ފެން ވަންނާތީ އެކަންކަން ރަނގަޅު ކުރާނެ ކަމަށް ފަޔާޒް ބުންޏެވެ.

ފަޔާޒް އިތުރަށް ބުނީ ގެ މަރާމާތު ކޮށް ހަދައި ނިންމާ ހަވާލު ކުރާނީ ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނާއި ކަރަންޓު ސާމާނާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން ފަޔާޒް ފާހަގަ ކުރި އެންމެ މުހިންމު ކަމަކީ ގެ ހަދައި ކަރަންޓު ސާމާނާއި އެކު ގެ ހަވާލުކުރުމުން އެއާލާއަށް އިތުރު ބުރައަކަށް ވެދާނެ ކަމަށް ވިސްނައި، އެ ގޯތީގެ ބާކީ އޮތް ބިމުގައި ތަނެއް އިމާރާތް ކޮށް އެތަން އެހެން ބަޔަކަށް ކުށްޔަށްދީ އެތަނުން އެއާއިލާއަށް ފައިސާ ލިބޭނެ ގޮތެއް އިންތިޒާމު ކުރާނެ ކަމަށެވެ.

ފަޔާޒް އިސްވެ ހުރެ ހިންގާ އުކުޅަސް ހޯޕަކީ އެރަށުގައި ފާހަގަ ކޮށްލެވޭ ޖަމިއްޔާއެކެވެ. ރަށުގައި ހިންގާ އިޖްތިމާއީ އަދި ދީނީ ހަރަކާތް ތަކުގެ ކުރީ ސަފުން ފަޔާޒު އާއި އެނާގެ ޖަމިއްޔާގެ މެމްބަރުން ފެނިގެންދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
06 Aug 2026 ހަބަރު

ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔ...

ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
05 Aug 2026 ހަބަރު

ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު

އިގްތިސާދީ ގޮތުން ދަތިތަކެއް ހުރިނަމަވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނޭކަމަށް ރައީުސލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އއ އުކުޅަހަށް ކުރައްވަމުން ގެންދަވާ ...

ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
05 Aug 2026 ހަބަރު

ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި

ފަރުމަސް ވެރިކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓު އއ. އުކުޅަހުގައި އެޅުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު...

އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
05 Aug 2026 ހަބަރު

އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަ...

އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
05 Aug 2026 ހަބަރު

އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އއ.އުކުޅަހުގައި އަޅަން ނިންމި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އުކުޅަހުގެ ހައުސިން ޔުނިތްތަކުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހ...

ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން: ރައީސް މުޢިއްޒު
05 Aug 2026 ހަބަރު

ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން: ރައީސް މުޢިއްޒު

މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސަ...