ކާލިޑޫ ކުލިބާލީ
ކާލިޑޫ ކުލިބާލީ
ކުޅިވަރު 26 Jun 2023 | 10:58

އަލް ހިލާލް އިން ސެނަގާލްގެ ތަޖުރިބާކާރު ޑިފެންޑަރު ކާލިޑޫ ކުލިބާލީ ގެ ސޮއި ހޯދައިފި!

ސެނަގާލްގެ ތަޖުރިބާ ޑިފެންޑަރު ކާލިޑޫ ކުލިބާލީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލް އަށް ސޮއިކޮށްފި އެވެ.

މިދިޔައަހަރުގެ ޖޫން މަހު އިޓަލީގެ ނަޕޯލީ އިން 33 މިލިއަން ޔޫރޯގެ ޓްރާންސްފާ އެއްގައި ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ބަދަލުވި ޑިފެންޑަރު ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވާ ސައުދީ ލީގަށް ބަދަލުވެފައި މިވަނީ 20 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ.

އުމުރުން 32 އަހަރުގެ ކުލިބާލީ ވަނީ އޭނާ ޗެލްސީގައި ހޭދަކުރި އެއް އަހަރު ތެރޭގައި އެކުލަބަށް 23 މެޗު ކުޅެދީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާގެ ފުރަތަމަ ލަނޑު ލީގުގައި ޗެލްސީގެ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔަ އިރު ދެވަނަ ލަނޑަކީ ރަށުން ބޭރުގައި ފުލަމްއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ލަނޑެކެވެ.

ސެނަގާލްގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ކުލިބާލީ ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އެޓީމަށް ޖާގަ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޗެލްސީގެ މިހާރުގެ ކޯޗު ޕޮޗެޓީނޯ ޓީމާއި ހަވާލުވި އިރު އެޓީމުގައި އޮތް ސްކޮޑުގައި ބޭނުން ނުހިފޭ ނަމަވެސް ވެސް މުސާރަ ބޮޑު ގިނަ ކުޅުންތެރިންތަކެއް ތިބުމާއެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެޓީމުން އަންނަނީ ގިނަ ކުޅުންތެރިންތަކެއް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އެޓީމުގެ ސެނަގާލް ގޯލްކީޕަރު އެޑުގާޑޯ މެންޑީ އަލް ހިލާލް އަށް ވިއްކާލާފައިވާ އިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީން ވަނީ އެޓީމުގެ މޮރޮކޯގެ ތަރި ހަކީމް ޒިޔެޗް އަލް ނަސްރަށް ވިއްކާލުމަށް އެޓީމާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް