ބްރެންޓްފޯޑް އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން
ބްރެންޓްފޯޑް އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު 26 Dec 2022 | 15:21

ބްރެންޓްފޯޑް ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ޓޮޓެންހަމް ފަހަތުން އަރާ އެއްވަރުކޮށްފި

ވޯލްޑް ކަޕް ބްރޭކަށް ފަހު ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެންޓްފޯޑް ދެ ލަނޑުޖަހައިފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށް ޓޮޓެންހަމް އިން މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބްރެންޓްފޯޑްގެ ޖަރުމަން މިޑްފީލްޑަރ ވިޓަލީ ޖެނެލްޓްއެވެ. ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ ޓޮޓެންހަމް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް ބްރެންޓްފޯޑް އިން މިހާފުގައި އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް އިގިރޭސި ފޯވާޑް އިވާން ޓޯނީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓަގއި ކާމިޔާބުކުރި މިލަނޑު ވީއޭއާރު އިން ޗެކްކުރުމަށްފަހު ނިންމީ އޮފްސައިޑް ލަނޑެއްކަމަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 ން ބްރެންޓްފޯޑް ކުރީގައި އޮވެގެންނެވެ.

ޓޮޓެންހަމް ކުޅުންތެރިން ލަނޑެއްޖެހުމަށްފަހު އުފާފާޅުކުރަނީ

ދެވަނަ ހާފު ފެށިގެން 54 ވަނަ މިނެޓްގައި އިވާން ޓޯނީ ވަނީ ބްރެންޓްފޯޑަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ އެޓީމަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ބްރެންޓްފޯޑްގެ ދެވަނަ ލަނޑަށްފަހު ޓޮޓެންހަމް އިން އެޓީމުގެ އެޓޭކުތަށް އިތުރަށް ވަރުގަދަކުރިއެވެ. ނަތީއްޖާއެއްގެ ގޮތުން އެތީމުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. އަދި އެޓީމަށް މި މެޗުން ޕޮއިންޓެއް ކަށަވަރުވި ލަނޑު ފަހުހާފުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެންމާކުގެ މިޑްފީލްޑަރ ހޯޖްބްޖަރގް އެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާއިއެކު ޓޮޓެންހަމް މިވަގުތު އޮތީ 16 މެޗުން 30 ޕޮއިންޓް ހަމަކޮށް ޕްރެމިއާ ލީގް ތާވަލުގެ 4 ވަނައިގައެވެ. 5 ވަނާގައި އޮތް މެންޗެސްޓަރ ޗުނައިޓެޑަށް ވުރެ އެޓީމު ވަނީ އިތުރަށް ދެ މެޗުކުޅެފައެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާއި އެކު ބްރެންޓްފޯޑް މިވަގުތު އޮތީ ލީގު ތާވަލުގެ 9 ވަނާގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް