ފުޓުބޯޅަ ދަނޑަށް ކުޅޭ ސާމާނު އަޅައިފަައި ހުރި މަންޒަރު/ ތުރްކިޔޭ
ފުޓުބޯޅަ ދަނޑަށް ކުޅޭ ސާމާނު އަޅައިފަައި ހުރި މަންޒަރު/ ތުރްކިޔޭ
ދުނިޔެ 27 Feb 2023 | 10:17

ބިންހެލުމުގައި ހާލުގައި ޖެހުނު ކުދިންނަށް ހަދިޔާ ކުރަން ފުޓުބޯޅަ ދަނޑަށް ކުޅޭ ސާމާނު އަޅައިފި

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެމުގައި ހާލުގައި ޖެހުނު ކުޑަކުދިންނަށް ހަދިޔާ ކުރަން، ބެސިކްޓަސް ގެ ފޭނުން ފުޓުބޯޅަ ދަނޑަށް ކުޅޭ ސާމާނު އަޅައިފިއެވެ.

އިސްތަންބޫލްގެ ފުޓުބޯޅަ ޓީމެއް ކަމަށްވާ ބެސްކްޓަސް ގެ ފޭނުން އެ ޓީމު މެޗެއް ކުޅެމުންދިޔަ ދަނޑަށް އަޅައިފައިވަނީ ކުޅޭ ސާމާނާ، ސްކާފް އަދި ތޮފިފަދަ ތަކެއްޗެވެ.

ޓާކިޝް ޕްރިމިޔާ ލީގްގެ ސުމެއް ސުމަކުން ނިމުނު މެޗްގެ ފުރަތަމަ 4 މިނިޓަށް ފަހު 17 ސިކުންތައް މެޗް މެދުކަނޑާލީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ހަދިޔާ ކުރަން ބޭނުންވާ ތަކެތި ދަނޑަށް އެޅުމަށެވެ. 17 ސިކުންތު ތެރޭގައި ގާތް ގަނޑަކަށް ދަނޑު ފުރިގެން ދިޔައެވެ.

"އަހަރެމެންގެ ފޭނުން ވޮޑަފޯން ޕާކް ދަނޑުގެ ތެރެއަށް ސްކާފް، ތޮފި އަދި ސޮފްޓް ޓޯއީސް ވަނީއަޅާފަ، މި ތަކެއްޗަކީ ބިންހެލުމުގައި ހާޅުގައި ޖެހުނު ފަރާތްތަކަށް ހަދިޔާ ކުރަން އެއްކުރެވުނު ތަކެތި، މިއީ ހާލުގައި ޖެހިފަ ތިބި ކުޑަކުދިން ހިނިތުން ކުރެވޭތޯ ކުރޭވޭ މަސަކްކަތެއް" ބެސްކްޓަސް ކްލަބްގެ ސްޓޭޓްމަންޓެއްގައި ވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތުރުކިޔޭ ބިންހެލުން: ދިވެހިންގެ އެހީގައި ހެދި ވަގުތީ 30 ގޭގެ މަސައްކަތް ނިންމާލައިފި
24 Jun 2023 ހަބަރު

ތުރުކިޔޭ ބިންހެލުން: ދިވެހިންގެ އެހީގައި ހެދި ވަގުތީ 30 ގޭގެ މަސައްކަތް ނިންމާލައިފި

ތުރުކިޔޭ-ސީރިޔާއަށް ސިލްސިލާކޮށް އައި ބާރުގަދަ ބިންހެލުން ތަކުގައި ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް، ދިވެހިންގެ އެހީގައި، ހެދި 30 "ކޮންޓެއިނާ ހައުސް" ގެ މަސައްކަތް ނި...

ތުރުކީ ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް މުޙިއްޔުއްދީން ސުކޫލްގެ އެހީ
13 Apr 2023 ހަބަރު

ތުރުކީ ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް މުޙިއްޔުއްދީން ސުކޫލްގެ އެހީ

ތުރުކީ އަދި ސީރިޔާ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް މުޙިއްޔުއްދީން ސުކޫލްއިން އެއްކުރި ފަންޑު އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އާއި ހަވާލުކޮށްފިއެވެ. އިއްޔެ މުޙިއ...

ތުރްކިޔޭ ބިންހެލުމުގައި އާއިލާއާއި ދެތަންވި ކުއްޖަކު މަންމައާއި ހަވާލުކޮށްފި
04 Apr 2023 ހަބަރު

ތުރްކިޔޭ ބިންހެލުމުގައި އާއިލާއާއި ދެތަންވި ކުއްޖަކު މަންމައާއި ހަވާލުކޮށްފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައިބިންހެލުމުގައި ވެއްޓުނު ޢިމާރާތެއްގެ ދަށުން ބިންހެލުމަށް 128 ގަޑި އިރުވިފަހުން ސަލާމަތް ކުރި ތުއްތު ކުއްޖަކު، ހާދިސާއަށް 54 ދުވަސް ފަހުން އެކުއްޖ...

ބިންހެލުންތަކުގައި ހަލާކުވި ޢިމާރާތްތައް އަލުން ހެދުމުގެ މަސައްކަތް ތުރްކިޔޭގައި ފަށައިފި
25 Mar 2023 ހަބަރު

ބިންހެލުންތަކުގައި ހަލާކުވި ޢިމާރާތްތައް އަލުން ހެދުމުގެ މަސައްކަތް ތުރްކިޔޭގައި ފަށައިފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުންތަކުގައި ތުރްކިޔޭގެ ކަހްރަމްނަމަރާސް ޕްރޮވިންސްގައި ވެއްޓުނު ޢިމާރާތްތަކުގެ ބަދަލުގައި އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުމަށް ...

ބިންހެލުމަށް 34 ދުވަސް ފަހުން ތުއްތު ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި
14 Mar 2023 ހަބަރު

ބިންހެލުމަށް 34 ދުވަސް ފަހުން ތުއްތު ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެގެން ގޮއްސައެވެ. ކިތަންމެ ކުއްޖެއް ވަނީ ޔަތީމު ވެފައެވެ. އެތައް މަންމަޔަކު ދަރިން ނެތި ގެއްލުމުގެ ހި...

ދަނގެތީ ރައްޔިތުންގެ ފަރާތުން ތުރުކިޔޭ-ސީރިޔާއަށް އެހީވުމަށް 71,000 ރުފިޔާ
05 Mar 2023 ހަބަރު

ދަނގެތީ ރައްޔިތުންގެ ފަރާތުން ތުރުކިޔޭ-ސީރިޔާއަށް އެހީވުމަށް 71,000 ރުފިޔާ

ފެބްއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އަދި ސީރިޔާއަށް އައި ބިންހެންތަކާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އދ. ދަނގެތީގައި ބޭއްވި ފަންޑް ރެއިޒިން އިވެންޓަށް ޖުމުލަ 71,071 ރުފިޔާ ލިބިއްޖެއެވެ. ...