އިޓަލީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު މަޓެއޯ އުފާފާޅުކުރަނީ
އިޓަލީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު މަޓެއޯ އުފާފާޅުކުރަނީ
ކުޅިވަރު 26 Mar 2023 | 21:49

ރަށުން ބޭރުގައި އިޓަލީއަށް މުހިންމު މޮޅެއް!

ޔޫރޯ ކޮލިފައިން ގްރޫޕް ސީގައި މިރޭ ރަށުން ބޭރުގައި މޯލްޓާ އަތުން މޮޅުވެ އިޓަލީ ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ގުރޫޕްގެ ފުރަތަމަ މެޗުގައި އިގިރޭސިން އަތުން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ބަލިވެފައި ވަނިކޮށް މިރޭގެ މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި އިޓަލީގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މަޓެއޯ ރެޓެގުއި އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ސެންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މަޓީއޯ ގައުމީ ޓީމަށް ކުޅުނު ދެ މެޗުގައި އޭނާ ކާމިޔާބުކޮށްދިން ދެވަަނަ ލަނޑެވެ.

މި މެޗުގައި އިޓަލީ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރ މަޓިއޯ ޕެސިން އެވެ. މިއީ ވެސް މިރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ސެންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެސިން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އިޓަލީ އިންނެވެ. ނަމަވެސް މިހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓަލީ މިވަގުތު އޮތީ ގްރޫޕް ސީގެ ދެވަނައިގައެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތީ މިރޭ ޔުކްރެއިން އަތުން މޮޅުވި އިންގްލެންޑް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް