ސްޓްރީޓް ބްރަދާސް އާއި ލަނޑާ ވާދަކުރި މެޗުގެ ތެރެއިިން
ސްޓްރީޓް ބްރަދާސް އާއި ލަނޑާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 27 Mar 2023 | 10:26

ފުރަތަަމަ ދެ މެޗު ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ހަލަފް އެފްސީ އާއި ސްޓްރީޓް ބްރަދާސް!

އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާ 2023 ގައި ރޭ ކުޅެވުނު ދެ މެޗު ބަލަން އެފްސީ އަދި ސްޓްރީޓް ބްރަދާސް އިން ކާމިޔާބުކޮށްފި އެވެ.

އިނގުރައިދޫގެ ކައުންސިލްގެ ފަރާތުން އެރަށުގެ ޒުވާނުންނަށް އާންމުކޮށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު 8 ޓީމު ބައިވެރިވެފައިވެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ސްޓްރީޓް ބްރަދާސް އާއި ލަނޑާ ވާދަކުރި މެޗު ފަސޭހަކަމާއެކީ 7-1 ނަތީޖާއަކުން ކާމިޔާބުކުރީ ސްޓްރީޓް ބްރަދާސް އިންނެވެ. އަދި ދެވަނަ މެޗުގައި ގްރޫޕް ބީގެ ހަލަފް އެފްސީ އާއި ޕްރޯ ފުޓްސަލް ކުލަބް ބައްދަލުކުރި މެޗު 8-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ހަލަފް އެފްސީ އެވެ.

ހަލަފް އެފްސީ އާއި ޕްރޯ ފުޓްސަލް ކުލަބް ބައްދަލުކުރި މެޗު ތެރެއިިން 

މިރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު ފުރަތަަމަ މެޗުގައި މިރޭ 21:30 ގައި ވާދަކުރާނީ ދަ ސްކޯޕިއަން އާއި އެފްސީ ބްރަދާސް އެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. 22:30 ގައި ފަށާ ދެވަަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެފްސީ ހެސަވަދާ އާއި ބުރު އެފްސީ އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް މަހުގެ އެއްވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް މަހުގެ ތިންވަނަ ދުވަހު އެވެ.

މީގެ އިތުރުން މި މުބާރާތުގެ ހުރިހާ މެޗެއް އިނގުރައިދޫ ކައުންސިލް ފޭސްބުކް ޕޭޖުގައި ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް