ލޫކަސް ހެނާންޑޭޒް
ލޫކަސް ހެނާންޑޭޒް
ކުޅިވަރު 27 Jun 2023 | 05:53

ބަޔާންގެ އެއްބަސްވުން އައުނުކުރަން ހެނާންޑޭޒް ނިންމައިފި!

ފުރާންސްގެ ޕީއެސްޖީ އިން ބަޔާން މިއުނިކްގެ ފުރާންސް ޑިފެންޑަރު  ލޫކަސް ހެނާންޑޭޒް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން ބަޔާންގެ ކުރީގެ ބޯޑުން ހެނާންޑޭޒްގެ އެއްބަސްވުން އައު ކުރަން ބޭނުން ނުވި ނަމަވެސް މިހާރުގެ ބޯޑުން ވަނީ އެނިންމުން ބަދަލުކޮށް އޭނާއަށް އައު ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. ނަމަވެސް ހެނާންޑޭޒް މިހާރު ބޭނުންވަނީ ކުލަބު ބަދަލުކުރާށެވެ. އަދި ޕީއެސްޖީ އާއިއެކު އޭނާ ވަނީ މިހާރު އެއްބަސްވުމަކަށް އައިސްފައެވެ.

2019 ވަނަ އަހަރު ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އިން ރެކޯޑް ޓްރާންސްފާ ކަމަށްވާ 80 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ބަދަލުވި ހެނާންޑޭޒް އެކުލަބާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށެވެ.

ބަޔާން މިއުނިކްގައި ހޭދަކުރި ހަތަރު އަހަރުތެރޭގައި އުމުރުން 27 އަހަރުގެ ލޫކަސް ހެނާންޑޭޒް ވަނީ އެކުލަބާއެކު ބުންޑަސްލީގާގެ ޗެންޕިއަންކަން ހަތަރު ފަހަރު، ޖަރުމަނު ކަޕް އަދި ސުޕަރ ކަޕްގެ އިތުރުން ޔޫއެފާ ޗެންޕިއަންސް ލީގާއި ޔުއެފާ ސުޕަކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް