ހައިކޯޓު
ހައިކޯޓު
ހަބަރު 27 Oct 2023 | 06:02

ދަޢުލަތުން އުޅެނީ ޝަރުޢީ އަދި ގާނޫނީ ބައްޕަ ތަޢާރަފް ކުރަން؛ މިއީ ދިވެހިންގެ އަގީދާއާ ދުރު ކަމެއް: ހައިކޯޓުގެ ފަނޑިޔާރު

ދައުލަތުން "ޝަރުޢީ ބައްޕަ" އާއި "ގާނޫނީ ބައްޕަ" އެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ހައިކޯޓުގެ ފަނޑިޔާރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުން މިފަދައިން ނުރުހުން ފާޅުކުރައްވާފައި މިވަނީ، ދިވެއްސަކާއި އިންޑޮނޭޝިޔާ މީހަކާއި އިނދެގެން ލިބުނު ދަރިފުޅާއި މެދު ގޮތެއް ނިންމުމަށް ދައުލަތުން، (ޖެންޑާ މިނިސްޓްރީން) ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި އެ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.

މައްސަލައިގެ ޚުލާސާ

މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގައިވާގޮތުން، މި މައްސަލައާއި ގުޅުން އޮތް، އިންޑޮނޭޝިއާގެ އަންހެން މީހާ އާއި ދިވެހި ފިރިހެން މީހާ ކައިވެނި ކޮށްފައިވަނީ 19 އޭޕްރިލް 2009 ގައި ސްރީލަންކާގައެވެ. ކައިވެނި ކުރިތާ ގާތްގަނޑަކަށް 5 މަސްވެސް ނުވަނީސް އެ ދެމީހުންނަށް އަންހެން ދަރިއަކު ވަނީ ލިބިފައެވެ. އެކުއްޖާ އުފަންވެފައިވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ކުއްޖާ އުފަންވިއިރު، އެދެމީހުންގެ ކައިވެނި އޮތީ ރާއްޖޭގައި ރެޖިސްޓާ ނުކޮށެވެ. އެ ދެމީހުން ކައިވެނި ރެޖިސްޓާ ކުރީ 2008 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 5 ގައެވެ. ކުއްޖާގެ ވަގުތީ އުފަންދުވަހުގެ ސެޓްފިކެޓެއް ހެއްދުނީ 2010 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަދުވަހުއެވެ.

ކުއްޖާގެ މަންމަ، ކުއްޖާ ވިހެއުމަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައ،ި ޕާސްޕޯޓު އާކުރުމަށް ކަމަށްބުނެ ކުއްޖާ އާ ވަކިން ދިވެހިރާއްޖެއިން ފުރައިގެން ދިޔުމަށްފަހު، އެނބުރި ދިވެހިރާއްޖެ އައިސްފައިނުވެއެވެ. ކުއްޖާގެ މަންމަ ދިވެހިރާއްޖެއިން ފުރައިގެން ދިޔަފަހުން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންދިޔައީ ކުއްޖާގެ ބައްޕަގެ މަންމައެވެ.

އެހެންނަމަވެސް، ކުއްޖާ އިތުރަށް ބެލެހެއްޓެން ނެތްކަމަށްބުނެ މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން އެ މިނިސްޓްރީން އެ ކުއްޖާއާއި ގުޅޭ މައުލޫމާތު ބެލިބެލުމުން، ކުއްޖާ ވިހެއި އިރު ކައިވެނި ރެޖިސްޓާ ނުކޮށް އޮތުމުން، ކުއްޖާ ބަލަހައްޓަމުން ދިޔަ ޢާއިލާގެ އެއްވެސް ފަރާތަކާއި ކުއްޖާއާ ޝަރުޢީ އަދި ޤާނޫނީ ގޮތުންވެސް ގުޅުމެއް ނެތް ކަމަށް އެ މިނިސްޓްރީއަށް ވަނީ އެނގިފައެވެ.

އެހެންކަމުން، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު, އެ ކުއްޖާއަކީ ދިވެހި ރައްޔިތެއްކަމަށް ކަނޑައަޅައި ދިނުމަށާއ،ި ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ލިބެންޖެހޭ އެންމެހައި ޙައްޤުތައް ކުއްޖާއަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކުއްޖާގެ ނަސަބު ސާބިތު ކުރުމާއި ގުޅޭ މައްސަލައެއް ފެމިލީ ކޯޓަށް ހުށަހަޅާފައިވާތީ، އެ މައްސަލަ ނުނިމެނީސް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ސިވިލް ކޯޓުން އެ ނިންމުން ނިންމި އިރު ދައުލަތުން އޭރު ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ، ނަސަބު ސާބިތުކުރުމުގެ މައްސަލަ ހުށަހަޅަންޖެހޭ ފޯމުން ހުށަހަޅާފައި ނުވާތީ އާއި އެފަދަ މައްސަލައެއް ހުށަހަޅާއިރު ފުރިހަމާވާންޖެހޭނެ ކަމަށް އާއިލާއާ ބެހޭ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާތީ އަދި މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމަކީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައަކަށް ނުވާތީ، އެ ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް ވަނީ ނިންމާފައެވެ.

އެހެންވެ ފެމިލީ ކޯޓުގެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

"ކުއްޖާ އަކީ ފިރިހެން މީހާގެ ދަރިއެއްކަން ކަނޑައެޅެން ނެތް"

މި މައްސަލަ ހައިކޯޓުގައި ބައްލަވާފައިވަނީ، ފަނޑިޔާރު މުހައްމަދު ސަލީމް، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

މި މައްސަލައިގައި ހައި ކޯޓުން ބުނީ މި ދެ މީހުން ސައްހަ ކައިވެންޏެއް ކުރި ކަމަށް ބެލި ނަމަވެސް ކުއްޖާ އުފަންވެފައިވަނީ ކައިވެނިކުރި ކަމަށް ބުނާ ތާރީހުން ފެށިގެން ހަތަރު މަހާއި 20 ދުވަސް ފަހުން ކަމަށެވެ. އެކަމަކު ވިހޭއިރު ބަނޑަށް 37 ހަފްތާ ކަމަށް ޖަހާފައިވެ އެވެ. އަދި ނުވަ މަސް ކަމަށް ލިޔެފައި އެތަން ކަނޑާލާފައި ވެސް އެ ފޯމުގައި އޮތް ކަމަށް ހުކުމުގައިވެ އެވެ.

އިސްލާމީ ޝަރީއަތުގައި އަދި އާއިލާއާ ބެހޭ ގާނޫނުގައި އަދި ގަވައިދުތަކުގައި ވެސް އިނދެގެން ހުރި ފިރިމީހާއަށް ދަރިލައްވާ ނުވަތަ އެއީ އޭނާގެ ދަރިއެއް ކަމަށް ބަލަންޖެހޭ އެންމެ ކުރު މުއްދަތަކީ ކައިވެނިކުރި ތާރީހުން ފެށިގެން ހިޖުރީ ގޮތުން ހަ މަސް ދުވަހެވެ. އަދި ވަރިކުރި ތާރީހުން ފެށިގެން ހިޖުރީ ގޮތުން އެއް އަހަރެވެ. އެހެންވެ މި މައްސަލައިގައި، ކުއްޖާ އަކީ ފިރިހެން މީހާގެ ދަރިއެއް ކަމަށް ޝަރުއީ ގޮތުން ކަނޑަނޭޅޭނެ އެވެ.

"ރާއްޖޭގައި ކަނޑައަޅާފައިވާ ހަމަތަކަކީ އިސްލާމީ ޝަރީއަތުގެ މަސްދަރުތަކުގެ ތެރެއިން އުފަންކުރެވިފައިވާ ދިވެހިންގެ އަގީދާ އާއި އާދަކާދައާ ގުޅިފައިވާ ކަންތައްތައް" ހުކުމުގައި ބުނެފައިވެ އެވެ.

ކަންމިހެން ހުރުމުން، ދައުލަތުގެ ދައުވާގައި އެ ކުއްޖާގެ ބައްޕަ ކަމަށް ބުނެ ފޯމުގައި ޖަހާފައިވާ މީހާއަކީ ޝަރުއީ ގޮތުން ކުއްޖާގެ ބައްޕަ ކަމުގައި ބެލެވޭނެ މީހެއް ނޫން ކަމަށާ، އެ ކުއްޖާ އަކީ ވަކި ފިރިހެނެއްގެ ދަރިއެއް ކަމަށް ކަނޑައަޅަން ދައުލަތުން ކުރާ ކަމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވައިދުގެ ދަށުން އެ ކުއްޖާގެ ބަފަޔަކީ ކާކުކަން ކަނޑައެޅެން ނެތް ހާލަތުގައި ވަކި ފިރިހެނަކީ އެ ކުއްޖާގެ ބަފައި ކަމަށް ކަނޑައަޅައި ނިސްބަތްކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ފިރިހެނާގެ މައްޗަށް ގަޒުފަކަށެވެ."

""ޝަރުޢީ ބައްޕަ" އާއި "ގާނޫނީ ބައްޕަ" އަކީ ދިވެހިންގެ އަގީދާއާއި ދުރު ކަމެއް"

މި މައްސަލާގައި ފިރިހެން މީހާގެ ދަރިއެއްކަން ސާބިތު ނުވާ، އެ ކުއްޖާގެ މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމަކީ ރާއްޖޭގައި އަމަލުކުރާ އާއިލާއާ ބެހޭ ގާނޫނާއި ގަވައިދާއި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މަފްހޫމެއް ކަމަށް ބުރަ ނުވެވޭ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އަދި ދައުލަތުން ޝަރުޢީ އަދި ގާނޫނީ ބައްޕަ ތަޢާރަފް ކުރަން ކުރާ ކަމަށް ބުނެ ފަނޑިޔާރު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެކަމުގެ ސަބަބުން ނޭދެވޭ އެތައް ނަތީޖާއެއް ކުރިމަތިވެދާނެ ކަން ވެސް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

"ވީމާ، 'ޝަރުއީ ބައްޕަ' އަދި 'ގާނޫނީ ބައްޕަ' ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ތައާރަފްކުރުމަށް ދައުލަތުން މި ކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމާއި ޝަރުއީ ހަމަތައް ނުދަންނަ، އަދި ދިވެހިންގެ އަގީދާ އާއި އާދަކާދައާ ދުރު ބީރައްޓެހި މަފްހޫމްތަކެއްކަމުގައި ނޫނީ އަހުރެންނަކަށް ނުފެނެއެވެ."

ހައިކޯޓުގެ ފަނޑިޔާރު ނިޔާޒް

އެހެންކަމުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިންތިފާގުން ވަނީ ފެމިލީ ކޯޓުން ނިންމި ނިންމުމަށް ތާއީދު ކުރާ ކަމަށް ހުކުމް ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
08 Oct 2026 ހަބަރު

ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހިންގި ތަހުގީގުން ޖިނާއީ ކުށެއް ފެންނަން ނެތުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)...

ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
08 Oct 2026 ހަބަރު

ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް ބެލި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި، ފުލުހުން އެ މައްސަލަ ފައިލްކޮށްފިއ...