މެމްފިސް ޑިޕޭ ނެދަލޭންޑްސްގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދެނީ
މެމްފިސް ޑިޕޭ ނެދަލޭންޑްސްގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދެނީ
ކުޅިވަރު 27 Mar 2023 | 22:08

ފަސޭހަކަމާއި ޖިބްރޯލްޓާ އަތުން މޮޅުވެ ނެދަލެންޑްސްއަށް ފުރަތަަމަ ތިން ޕޮއިންޓް!

ޔޫރޯ ކޮލިފައިން ގްރޫޕް ބީގައި މިރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ޖިބްރޯލްޓާ ބަލިކޮށް ނެދަލެންޑްސް އިން ފުރަތަަމަ ތިން ޕޮއިންޓް ހޯދައިފިއެވެ.

ކޮލިފައިންގެ ފުރަތަަމަ މެޗުގައި ފްރާންސް އަތުން ތަފާތުބޮޑުކޮށް ބަލިވެ އޮތުމުން މިރޭގެ މެޗަށް ނެދަލޭންޑްސް އިން ނިކުތީ ބަދަލުތަކަކާއި އެކުގައެވެ.

މިރޭގެ މެޗުގައި ނެދަލޭންޑްސްގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕޭ އެވެ. މިއީ އެޓީމުގެ އިންޓަމިލާން ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަކޭ މިރޭގެ މެޗުގައި ނެދަލޭންޑްސްއަށް ދެ ލަނޑު ކާމިޔާބުކޮށްދިން

ފުރަތަަމަ ހާފުގައި ނެދަލޭންޑްސް އިން 16 ހަމަލާއެއް އުފެއްދި އިރު އޭގެތެރެއިން ޖިބްރޯލްޓާގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ހަތަރު ބޯޅަ އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ނެދަލޭންޑްސް އިން ފެށީވެސް ބަދަލަކާއި އެކުގައެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ނެދަލޭންޑްސް އަށް އެޓީމުގެ ލީޑު ފުޅާކޮށްދިނީ މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު އަކޭ އެވެ. މިއީ ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނެދަލޭންޑްސް އިން ދެ ލަނޑުގެ ލީޑެއް ނެގިތާ މިނެޓެއް ފަހުން ޖިބްރޯލްޓާގެ މިޑްފީލްޑަރު ލިއަމް ވޯކާ ނެދަލޭންޑްސްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީ އޮތް ބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

.މި މެޗުގައި ނެދަލޭންޑްސް ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އަކޭ އެވެ. މިއީ ޖިބްރޯލްޓާގެ ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ދެ މެޗުން ތިން ޕޮއިންޓް ހަމަކޮށް ނެދަލޭންޑްސް އިން ވަނީ ގުރޫޕް ބީގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ފުރާންސް އެވެ. ދެވަނައިގައި ގްރީސް އޮތީ ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް