ރުބެން ލޮފްޓަސް-ޗީކް އޭސީ މިލާނަށް ސޮއިކޮށްފި!
ޗެލްސީގެ އިގިރޭސި މިޑްފީލްޑަރު ރުބެން ލޮފްޓަސް-ޗީކް އިޓަލީ ގެ އޭސީ މިލާނަށް ސޮއިކޮށްފި އެވެ
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 27 އަހަރުގެ މިޑްފީލްޑަރު އޭސީ މިލާން ބަދަލުވީ 20 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އެކުލަބާއި އެކު ދިގު މުއްދަތަކަށް އޭނާ ސޮއި ކުރުމަށް އެއްބަސްވެފައިވާއިރު، މިއީ މިއަހަރުގެ ޖޫން މަހު ޓްރާންސްފާ މާކެޓް ހުޅުވުނު ފަހުން ޗެލްސީ ދޫކޮށް ދިޔަ 6 ވަނަ ކުޅުންތެރިޔާ އެވެ.
އުމުރުން އެންމެ 8 އަހަރުގައި 2012 ވަނަ އަހަރު ޗެލްސީ އާއި ގުޅުނު ރުބެން ލޮފްޓަސް-ޗީކް ވަނީ އެކުލަބުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ލޯނު އެއްބަސްވުމެއްގެ ދަށުން ޕްރެމިއާ ލީގުގެ ޕެލަސް އަށާއި ފާލަން އަށް ކުޅެފައެވެ. އަދި އޭނާ ވަނީ ޗެލްސީގައި ކުޅުނު 155 މެޗުގައި 13 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން ރުބެން ލޮފްޓަސް-ޗީކް ވަނީ ޗެލްސީގައި ޕްރެމިއާ ލީގާއި، އެފްއޭ ކަޕް އަދި ލީގު ކަޕްގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް