N/A
N/A
ކުޅިވަރު 27 Aug 2022 | 21:20

ޕްރިމިއާ ލީގް: ސައުތެމްޓަން އަތުން ޔުނައިޓެޑަށް ހަނި މޮޅެއް

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ސައުތެމްޓަންއާއި ދެކޮޅަށް ކުޅެ ހަނި ގޮތަކަށް އެ ޓީމު ބަލިކޮށްފިއެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސައުތެމްޓަންގެ ގޯލަށް ނުރައްކާ ކުރެވޭ ވަރުގެ ފުރުސަތެއް ޔުނައިޓެޑަށް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ޔުނައިޓެޑުން ދެވަނަ ހާފު ފަށައިފައިވަނީ ވަރުގަދަ ކޮށެވެ. އެގޮތުން ފުލުފުލުގައި ހަމަލާތައް އުފައްދާ، މެޗުގެ 55 ވަނަ މިނަޓުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. ޔުނައިޓެޑުގެ ޑަލޮޓް ނަގައިދިން ހުރަހަކުން މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ފަނާންޑޭޒްއެވެ.

ޔުނައިޓެޑުގެ ގޯލާއި އެކު ސައުތެމްޓަނުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ޔުނައިޓެޑުގެ ގޯލް ކީޕަރު ޑެހެއާ އަދި ޑިފެންސް ލައިނުން ވަނީ ސައުތެމްޓަނުގެ ހަމަލާތައް ދިފާއު ކޮށްފައެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި މިއީ އަމިއްލަ ދަނޑު ނޫން ދަނޑެއްގައި ޔުނައިޓެޑުން އެޕްރީލް މަހަށްފަހު މޮޅުވި ފުރަތަމަ މެޗެވެ.

މި މެޗުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް ޔުނައިޓެޑާއި ގުޅުނު ކަސެމީރޯ ވަނީ ފުރަތަމަ ފަހަރަށް ޔުނައިޓެޑުގެ ޖާޒީގައި ފެނިގެން ގޮސްފައެވެ.

ލީގުގައި މިހާތަނަށް ކުޅުނު 4 މެޗުން 2 މެޗުން ބަލިވެ 2 މެޗު ކާމިޔާބުކޮށް ޔުނައިޓެ މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ ހަވަނައިގައެވެ. ދެން ލީގުގައި ޔުނައިޓެޑުން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނިކުންނާނީ ލެސްޓާ ސިޓީއާއި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
26 Oct 2026 ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު
26 Oct 2026 ކުޅިވަރު

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު

މި ނާކާމިޔާބީއާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓަށާއި ވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ ކްލަބުން ވަކިވުމަށް ގޮވާލައި އަޑުއުފުލާފައެވެ. .

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު
19 Oct 2026 ކުޅިވަރު

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު

މިމެޗްގައި ތަރިއަކަށްވީ މަޑުއެކޭއެވެ. މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މަޑުއެކޭ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.