ޕޮޗެޓީނޯ؛ ފޮޓޯ / ސްޕޯޓްސް އިލުސްޓްރޭޓެޑް
ޕޮޗެޓީނޯ؛ ފޮޓޯ / ސްޕޯޓްސް އިލުސްޓްރޭޓެޑް
ކުޅިވަރު 11 Nov 2026 | 13:28

މެންޗަސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ އައްޔަނުކުރުމަށް ތައްޔާރުވަނީ

މެންޗަސްޓާ ޔުނައިޓެޑުގެ މިހާރުގެ ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރުމަށް ނިންމައިފިނަމަ، އެ ކްލަބުގެ އާ ކޯޗަކަށް ޕޮޗެޓީނޯ އައްޔަނުކުރުމުގެ މަސައްކަތް ޔުނައިޓެޑުން ފަށައިފިއެވެ.

އެގޮތުން، ޔުނައިޓެޑުން އެންމެ ފަހަށް ކުޅުނު 15 މެޗުގެ ތެރެއިން މިހާތަނަށް އެންމެ 3 މެޗުން މޮޅުވެފައިވާއިރު، ކްލަބުގެ އިސްވެރިން އަންނަނީ، ކެރިކްގެ ބަދަލުގައި ޓީމާ ހަވާލުވާން އެންމެ އެކެށީގެންވާ ކޯޗަކީ އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ ކަމަށް ނިންމައި އޭނާ ކޯޗުގެ މަގާމަށް އައްޔަނުކުރުމަށް ތައްޔާރުވަމުންނެވެ.

މިހާރު ޔުނައިޓެޑުން ވަނީ، ޕޮޗެޓީނޯގެ އޭޖެންޓުންނާއެކު އެއްބަސްވުމުގެ ކަންކަން ނިމުމާ ގާތަށް ގޮސްފައެވެ. ނަމަވެސް، އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު އަދި އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވެއެވެ. ޕޮޗެޓީނޯ އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކިވާނަމަ، ކޮންޓްރެކްޓް އުވާލުމުގެ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނަށް ދައްކަންޖެހޭނެއެވެ. މީގެއިތުރުން، ޕޮޗެޓީނޯއާއެކު އޭނާގެ އޮފިޝަލް ކޯޗިން ސްޓާފުން ވެސް ޔުނައިޓޭޑަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އިތުރު ހަރަދުތަކެއް ހިނގާނެ ކަމަށް ލަފާކުރެވެއެވެ.

އުމުރުން 54 އަހަރުގެ ޕޮޗެޓީނޯއަކީ، މީގެ ކުރިންވެސް އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާއި ޗެލްސީއަށް ކޯޗުކަން ކޮށްދީފައިވާ، ޕްރްމިއާ ލީގުގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. ޓޮޓެންހަމްގައި ހޭދަކުރި ދުވަސްވަރު އެ ޓީމު 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިން ޕޮޗެޓީނޯ ވަނީ، ފްރާންސްފެ ޕެރިސް ސެން ޖާމަން (ޕީއެސްޖީ) އާއެކު ލީގު ޗެމްޕިއަންކަން ވެސް ހޯދާފައެވެ. ޔުނިޓެޑްގެ ކޯޗުކަމާ ހަވާލުވުމަކީ، ޕޮޗެޓީނޯ ވެސް ވަރަށް ކުރީއްސުރެ ކުރަމުން އަންނަ އުންމީދެކެވެ.

އެމެރިކާގެ ގައުމީ ޓީމާއެކު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށް އެއްބަސްވުމެއް އޮތް ޕޮޗެޓީނޯ ވަނީ، އެމެރިކާ ޓީމާއެކު ކުޅުނު 35 މެޗުގެ ތެރެއިން 21 މެޗުން މޮޅުވެފައެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުގައި އެމެރިކާ ގަދަ 16 އަށް އޭނާ ގެންގޮސްދިނެވެ. އެގޮތުން، މިހާރު އޭނާ ތައްޔާރުވަމުން ދަނީ، އިންޓަނޭޝަނަލް ބްރޭކްގައި ހެއިޓީއާ ދެކޮޅަށް އެމެރިކާ ކުޅޭ ދެ މެޗަށެވެ.

މި ސީޒަނުގެ ޕްރެމިއާ ލީގުގައި ޔުނައިޓެޑަށް އެންމެ އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިނުވާއިރު، ލީގުގެ ފުރަތަމަ 10 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ކްލަބުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް އޯމާ ބެރާޑާ އާއި ޑައިރެކްޓަރ އޮފް ފުޓްބޯޅަ ޖޭސަން ވިލްކޮކްސް ވަނީ، ކްލަބުގެ ހިއްސާދާރު ސާ ޖިމް ރެޓްކްލިފްއާ ބައްދަލުކުރުމަށް މޮނާކޯއަށް ފުރާފައެވެ. މި ބައްދަލުވުމުގައި މައިކަލް ކެރިކް މަގާމުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމައި، ކޯޗުކަމަށް ބަދަލެއް ގެނައުމުގެ ފަހުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި
11 Nov 2026 ކުޅިވަރު

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި

އިންޑިއާ މެޗުން ރާއްޖެއަށް ލިބުނު ނާކާމިޔާބީއާއެކު މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ވަނީ ކަޓާފައެވެ

ނޮޓިންގހަމް ފޮރެސްޓުން މެންޗެސްޓަރ ސިޓީ ބަލިކޮށް، ހައިރާންކުރުވަނިވި ނަތީޖާއެއް
08 Nov 2026 ކުޅިވަރު

ނޮޓިންގހަމް ފޮރެސްޓުން މެންޗެސްޓަރ ސިޓީ ބަލިކޮށް، ހައިރާންކުރުވަނިވި ނަތީޖާއެއް

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން މެންޗެސްޓަރ ސިޓީ ބަލިކުރީ 3-1 ގެ ނަތީޖާއިންނެވެ.

ހަލްސިޓީ ބަލިކޮށް އާސެނަލުން ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފި
08 Nov 2026 ކުޅިވަރު

ހަލްސިޓީ ބަލިކޮށް އާސެނަލުން ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ރޯމާ ބަލިކޮށް ނާކާމިޔާބީގެ ސިލްސިލާ ނިންމާލައިފި
04 Nov 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑުން ރޯމާ ބަލިކޮށް ނާކާމިޔާބީގެ ސިލްސިލާ ނިންމާލައިފި

މެޗުގެ ފަހުކޮޅު ކޫންޔާއަށް ދެއްކި ރަތް ކާޑާއެކު ޔުނައިޓެޑަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވި ނަމަވެސް، އެ ޓީމުން ވަނީ ރޯމާގެ ހަމަލާތައް ހުއްޓުވައި މެޗުން މޮޅުވެފައެވެ. މިއީ ކޯޗު މައިކަލް ކެރިކަށް ލިބުނު ވަރަށް މުހިންމު މޮޅެކެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.