ސިޓީ އާއި ބްރައިޓަން މެޗްގެ ތެރެއިން.. ފޮޓޯ: ސިޓީ
ސިޓީ އާއި ބްރައިޓަން މެޗްގެ ތެރެއިން.. ފޮޓޯ: ސިޓީ
ކުޅިވަރު 01 Nov 2026 | 08:24

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވަރުގަދަ މެންޗެސްޓަރ ސިޓީ ބަލިކޮށް ކަރަބާއޯ ކަޕުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފިއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މިމެޗް، ސިޓީގެ މައްޗަށް ބްރައިޓަނުން ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. ބްރައިޓަންގެ ސަޕޯތަރުން މިމެޗް ނަގާފައިވަނީ އެންމެފަހުން ކަރަބާއޯ ކަޕްގައި މިދިޔަ ބުދަދުވަހު ކުޅުނު މެޗްގެ ބަދަލު ހިފުމެއްގެ ގޮތުގައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

މުޅި މެޗަށް ބަލާއިރު، ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނީ ސިޓީންނެވެ. ނަމަވެސް ބްރައިޓަންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި، ގޯލަށް ނުރައްކާކުރުމުގައި ސިޓީގެ ފޯވާޑުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސިޓީގެ އިލީމަން އެންޑިއާއިއެ އާއި މަތެއުސް ނޫނޭޒްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ބްރައިޓަންގެ ކީޕަރު ބާޓް ވާބްރުގެން ވަނީ ހުޝިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގެ ފަހު ހާފުގައި ސިޓީން ކުޅުން ވަރުގަދަކޮށް ބްރައިޓަންގެ ގޯލަށް ބާރުބޮޑުކުރިއެވެ. އަދި ޕެނަލްޓީއަކަށް އެދި ސިޓީން ތަކުރާރުކޮށް އެޕީލް ކުރި ނަމަވެސް، ރެފްރީގެ ނިންމުންތައް ހުރީ ސިޓީއާ ދެކޮޅަށެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ނަތީޖާ އެއްވަރުކުރަން ނިކޯ އޯރިލީއަށް ލިބުނު ރަން ފުރުސަތުގެ ބޭނުން ނުހިފި، ސިޓީއަށް ވަނީ ތާވަލުގެ ކުރީގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ.

މި ނާކާމިޔާބީއާއެކު ލީގު ތާވަލުގެ ރޭހުގައި ސިޓީއަށް ވަނީ އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. މިމެޗުން ސިޓީ ބަލިވުމުން ފަހަތުން ވިއްދާފައި އޮތް އާސެނަލް މިރޭ ކުޅޭ މެޗް އެއްވަރުވިނަމަވެސް އެޓީމަށް ތާވަލްގެ އެއްވަނަ ލިބޭނެއެވެ. ރޭގެ މެޗަކީ މި ސީޒަނުގައި ލީގްގައި ސިޓީ ބަލިވި ދެވަނަ މެޗެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން މައިކަލް ކެރިކް ވަކިކޮށްފި
12 Nov 2026 ކުޅިވަރު

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން މައިކަލް ކެރިކް ވަކިކޮށްފި

ޔުނައިޓެޑުން ވަނީ، މިކަން އެ ކްލަބުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރި ޕޯސްޓަކުން ކަށަވަރުކޮށްދީފައެވެ.

މެންޗަސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ އައްޔަނުކުރުމަށް ތައްޔާރުވަނީ
11 Nov 2026 ކުޅިވަރު

މެންޗަސްޓާ ޔުނައިޓެޑުގެ ކޯޗުކަމަށް ޕޮޗެޓީނޯ އައްޔަނުކުރުމަށް ތައްޔާރުވަނީ

އެގޮތުން، ޔުނައިޓެޑުން އެންމެ ފަހަށް ކުޅުނު 15 މެޗުގެ ތެރެއިން މިހާތަނަށް އެންމެ 3 މެޗުން މޮޅުވެފައިވާއިރު، ކްލަބުގެ އިސްވެރިން އަންނަނީ ކެރިކްގެ ބަދަލުގައި ޓީމާ ހަވާލުވާން އެންމެ އެކެށީގެންވާ ކޯޗަކީ އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ ކަމަށް ނިންމައި އޭނާ ކޯޗުގެ މަގާމަށް އައްޔަނުކުރުމަށް ތައްޔާރުވަމުންނެވެ.

ނޮޓިންގހަމް ފޮރެސްޓުން މެންޗެސްޓަރ ސިޓީ ބަލިކޮށް، ހައިރާންކުރުވަނިވި ނަތީޖާއެއް
08 Nov 2026 ކުޅިވަރު

ނޮޓިންގހަމް ފޮރެސްޓުން މެންޗެސްޓަރ ސިޓީ ބަލިކޮށް، ހައިރާންކުރުވަނިވި ނަތީޖާއެއް

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން މެންޗެސްޓަރ ސިޓީ ބަލިކުރީ 3-1 ގެ ނަތީޖާއިންނެވެ.

ހަލްސިޓީ ބަލިކޮށް އާސެނަލުން ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފި
08 Nov 2026 ކުޅިވަރު

ހަލްސިޓީ ބަލިކޮށް އާސެނަލުން ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑެވެ.